ބޭނުންވާ ތަކެތި

1 މޭޒުމަތީސަމުސާ ޔީސްޓް

2 ޖޯޑު ފުއް

½ މޭޒުމަތީސަމުސާ ލޮނު

1 މޭޒުމަތީސަމުސާ ތެޔޮ

½ ޖޯޑު ތާފަނާފެން

1 ސައިސަމުސާ ހަކުރު

1 ޖޯޑް ޗީޒް

1 މޭޒުމަތީސަމުސާ ބަޓަރ

1 މޭޒުމަތީސަމުސާ މުގުރި މިރުސް (ޗިލީ ފްލެކްސް)

1 ސައިސަމުސާ އޮރިގާނޯ

1 ބިސް

ކުޑަ ޕާސްލޭ ކޮޅެއް

ތައްޔާރުކުރާނެ ގޮތް

ފުށް ފުރޭނުމަށްފަހު ޔީސްޓާއި ތެޔޮ އަދި ކުޑަ ލޮނުކޮޅެއް އަޅައިގެން މޮޑެލާށެވެ. އެއަށްފަހު މަތިޖެހިތައްޓަކަށްލައި 30 މިނެޓް ބާވާށެވެ. ދެން ނަގައި 4 ގުޅަ ޖަހާށެވެ. ކޮންމެ ގުޅައެއް ދިގުކޮށް ދަމާލާށެވެ. އެއަށްފަހު ވަށައި ކައިރި ކުޑަކޮށް މަޅާލައި ތަގަރިއެއްގެ ބައްޓަމަށް ވާނޭހެން ހެދުމަށްފަހު ޓްރޭގައި އަތުރާށެވެ. ދެން ތަގަރި ބައްޓަމަށް ހެދި ފުށްގަނޑު އެތެރޭގައި ބަޓަރ އުގުޅުމަށްފަހު މޮޒެރެއްލާ ޗީޒް އަޅާށެވެ. އެއަށްފަހު ޗީޒް މައްޗަށް ޗިލީ ފްލެކްސްއާއި އޮރިގާނޯ އަޅައި ފިހެލާށެވެ. ވަކި ވަރަކަށް ފިހެވުމުން ނަގާ ބިސް އަޅާށެވެ. ބޭނުންނަމަ ކުކުޅުމަސް ނުވަތަ ޓޫނާ މަސް އަޅައިގެންވެސް ހެދިދާނެއެވެ. ދެން އަނެއްކާވެސް އަވަނަށް ލައި ބިސް ރޯފިލަންދެން ފިހެލާށެވެ. އެއަށްފަހު ނަގާ މައްޗަށް ޕާސްލޭ އަޅާށެވެ.