ބޭނުންވާ ތަކެތި

8 މޭޒުމތީސަމުސާ ބަޓަރ

3/2 ޖޯޑު ޑާކް ޗޮކްލެޓް

3/2 ޖޯޑު އައިސިން ސުގަރ

2 ބިސް

1 މޭޒުމަތީސަމުސާ ވެނީލާ އެސެންސް

6 މޭޒުމަތީސަމުސާ ފުށް

ތައްޔާރުކުރާނެ ގޮތް

ބިއްލޫރި ނުވަތަ މުށި ބޯތައްޓަކަށް ބަޓަރާއި ޗޮކްލެޓް އެޅުމަށްފަހު ހޫނު ފެން ތެއްޔެއްގެ ތެރޭގައި ބޯތަށި ބަހައްޓައިގެން ގިރާށެވެ. ބަޓަރާއި ޗޮކްލެޓް ރަނގޅަށް ދިޔާވުމުން ބޯތަށި ތެލިން ނަގާ އެއްކައިރީގައި ބަހައްޓާށެވެ. އެއަށްފަހު ހަކުރާއި ބިސް ރަނަގަޅަށް ގިރާށެވެ. ދެން ތައްޔާރުކުރި ޗޮކްލެޓް ވެސް އަޅާށެވެ. އެއަށްފަހު ފުށާއި އެސެންސް އަޅައިގެން ހުރިއާއެއްޗެއް އެއްކޮށް ރަނގަޅަށް ގިރާލާށެވެ. ދެން ކަޕްކޭކް ޓްރޭގައި ބަޓަރ އުނގުޅުމަށްފަހު ގިރި ކޭކް ފުންގަނޑު އަޅާށެވެ. އެއަށްފަހު އަވަން 250 ޑިގްރީގައި ބަހައްޓައިގެން 8 މިނެޓް ފިހެލާށެވެ.