ބޭނުންވާ ތަކެތި
250 ގުރާމު ބިސްކޯދު (މުރަނަ/ މާރީ ބިސްކޯދު ކަހަލަ)
½ ޖޯޑު ބަޓަރ (ދިޔާކޮށްފަ)
225 ގުރާމު ކްރީމް ޗީޒް
1/3 ޖޯޑު ޕައުޑަރ ޝުގަރ
1 ލުނބޯގެ ހުތް
2 ޖޯޑު ކްރީމް
6 ސައިސަމުސާ ޖެލެޓިން
2 ސައިސަމުސާ ހޫނުފެން
1 ދަޅު ބެރީ
ތައްޔާރުކުރާނެ ގޮތް
އެންމެފުރަތަމަ ބިސްކޯދު ރަނގަޅަށް މުގުރާށެވެ. އެއަށްފހު ބަޓަރ އަޅައިގެން ރަނގަޅަށް މޮޑެލާށެވެ. ދެން ކޭކު އަޅާ ޓްރޭއަކަށް އަޅާށެވެ. މުގުރި ބިސްކޯދު ރަނގަޅަށް އޮބާ އެއްވަރުކޮށްލަންވާނެއެވެ. ދެން އައިސް އަލަމާރިއަށްލާ މިނެޓު ބަހައްޓާށެވެ. އެއަށްފަހު ކްރީމް ޗީޒާއި ޕައުޑަރ ޝުގަރ އެއްކޮށް ގިރާލާށެވެ. ދެން 3 ސަމުސާ ޖެލެޓިންނަށް އެއް ސަމުސާ ހޫނުފެން އަޅައި ޖޯޑެއްގައި ގިރާލުމަށްފަހު ގިރި ޗީޒާ އެއްކޮށްލާށެވެ. އެއަށްފަހު ކްރީމް އާއި ލުނބޯ ހުތް ވެސް ޗީޒާ އެއްކޮށް ގިރާށެވެ. ދެން ބިސްކޯދު އެޅި ޓްރޭގެ މައްޗަށް އަޅައި އެއްވަރުކޮށްލާށެވެ. އެއަށްފަހު އަނެއްކާވެސް ފްރިޖަށްލައި ފިނިކޮށްލާށެވެ. ދެން ބެރީދަޅު މިކްސަރަށް އަޅައި ގިރާލުމަށްފަހު ފުރާނާލާށެވެ. އަނެއްކާވެސް 3 ސަމުސާ ޖެލިޓިންނަށް އެއް ސަމުސާ ހޫނުފެން އަޅައިގެން ގިރާލުމަށްފަހު ފުރޭނި ބެރީ މިކްސަރ އާއި އެއްކޮށްލާށެވެ. އެއަށްފަހު ތައްޔާރުކުރި ޗީޒްކޭކު މައްޗަށް އަޅާށެވެ. ދެން ފްރިޖަށްލައި 8 ގަޑިއިރުވަންދެން ބަހައްޓާ ފިނިކޮށްލާށެވެ. 8 ގަޑިއިރު ވާއިރު ބެރީ ޗީޒް ކޭކުހުންނާނީ ތައްޔާރުވެފައެވެ.
1