މިއަހަރު އެއް މިލިއަން ހައްޖު ވެރިންނަށް ފުރުސަތު ދޭން ސައޫދީ ސަރުކާރުން ނިންމައިފިއެވެ. މިއީ ދެ އަހަރު ވަންދެން ކޮވިޑްގެ ވަބާގައި ހުރަސްތައް ގެންގުޅުމަށްފަހު ހުރަސްތައް ނައްތާލި ފުރަތަމަ ފަހަރެވެ.
ސައޫދީ ސަރުކާރުން ބުނެފައިވާ ގޮތުގައި މިއަހަރު މައްކާއަށް ހައްޖަށްދާ މީހުންނަކީ އުމުރުން 65 އަހަރު ނުފުރޭ މީހުން ކަމުގައި ވާން ވާނެ ކަމަށެވެ. އަދި ތިބެންވާނީ ފުރިހަމައަށް ކޮރޯނާ ވައިރަސް އާ ދެކޮޅަށް ވެކްސިން ޖަހާފައި ކަމަށްވެސް ބުނެއެވެ.
ސައޫދީއަށް އެތެރެވާ އިރު ނެގެޓިވް ޕީސީއާރް ޓެސްޓެއް ހުށަހަޅަން ޖެހޭކަމަށްވެސް ބުނެފައި ވެއެވެ.