ހުކުރު ދުވަހު އިޒްރޭލުގައި ދީފައިވާ ބަޑީގެ ހަމަލާގައި އިޒްރޭލު ދެމީހަކު މަރުވުމާ ގުޅިގެން އިޒްރޭލު ބޮޑު ވަޒީރު ވަނީ ސިފައިން ބޭނުން ފިޔަވަޅެއް އަޅައިގެން ސަލާމަތީ ކަންކަން ބެލެހެއްޓުމުޖގެ އިޚުތިޔާރު އިޒްރޭލު ފުލުހުންނަށް ދީފައެވެ. ހުކުރު ދުވަހު ދީފައިވާ ހަމަލާއަކީ އިޒްރޭލު މީހުން ރޭގަނޑު ފޫހިފިލުވުމަށް ގިނައިން ނިކުމެ އުޅޭ ސަރަހައަދެއްގައި ދީފައިވާ ހަމަލާއެކެވެ.
ޓެލްއަވީވްގައި ދިން ހަމަލާއަށް ފަހު އެތައް ގަޑިއިރެއް ފަހުން ވާހަކަ ދައްކަވަމުން ބޮޑުވަޒީރު ނަފްޓަލީ ބެނެޓް ވިދާޅުވީ މި ހަމަލާތައް ހުއްޓުވުމަށް އަޅާ އެއްވެސް ފިޔަވަޅަކަށް ހުރަހެއް ނެތް ކަމަށެވެ.
އޭނާ ވިދާޅުވީ ޓެރަރިސްޓް ބަލިކުރުމަށްޓަކައި ސިފައިންނާއި ސިއްރު ފުލުހުން އަދި ސަލާމަތީ ހުރިހާ ބާރުތަކަށް ފުރިހަމަ މިނިވަންކަން ދީފައި ވާނެ ކަމަށެވެ.
ޓެލއަވީވްގައި މި ހަމަލަ ދީފައި ވަނީ ރަޢަދް ހާޒިމް ނަމަކަށް ކިޔަ ޒުވާނެކެވެ. އޭނާއަކީ އިޒްރޭލުން ފަލަސްތީނާއެކު ސޮއިކޮށްފައިވާ އޮސްލޯ މުއާހަދާގެ ދުވަސްކޮޅެއް ފަހުން އުފަންވެފައިވާ ޒުވާނެކެވެ.
އިޒްރޭލާދެކޮޅަށް މީގެ ކުރިން ދިނަ ހަމަލަ ދީފައިވަނީ ޟިޔާ ހަމާރިޝާއެވެ. އޭނާއަކީވެސް 26 އަހރުގެ ޒުވާނެކެވެ.
ރަޢަދް ހާޒިމްގެ ހަމަލައަށް ހަމާސްއާއި އިސްލާމިކް ޖަމާއަތުންވެސް ވަނީ ތާއީދުކޮށްފައެވެ. ނަމަވެސް އެއްވެސް ޖަމާއަތަކުން މި ހަމަލާއަށް ޒިންމާ އުފުލާފައެއް ނުވެއެވެ.