އައްޑޫ ސިޓީ ގަން ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި އެވެ.

ހޯދަނީ ނ. މިލަދޫ، ކަންމަތީގެ، އަލީ ސަބާހް، 30، އެވެ.

ފުލުހުން ބުނީ އޭނާ ހޯދަން އިއުލާންކުރީ ޑޮލަރު ވިއްކާނެ ކަމަށް ބުނެ މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާތީއާއި އާއިލާ އަށް ވެސް އޭނާ އުޅޭ ވަކި ތަނެއް އެނގިފައިނުވާތީ ކަމަށެވެ.

އޭނާ ފުލުހަށް ހާޒިރުކުރަނީ ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށެވެ. އެހެންވެ ސަބާހް މި މަހުގެ 30 ގެ މެންދުރު 12:00 އަށްޝަހީދު ޙުސައިން އާދަމް ބިލްޑިން ނުވަތަ އެންމެ ކައިރި ޕޮލިސް ސްޓޭޝަނަކަށް ހާޒިރުވާން ޖެހޭ ކަމަށް ފުލުހުން ބުންޏެވެ.

އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ގަން ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792058 އަށް ގުޅައި ހިއްސާކުރުމަށް ވެސް ފުލުހުން އެދިފައިވެ އެވެ.