ޕާކިސްތާންގެ ބޮޑު ވަޒީރު ކަމުގެ މަގާމަށް ދެ ބޭފުޅަކު ކުރިމަތި ލައްވައިފިއެވެ. ކުރީގެ ބޮޑު ވަޒީރު އިމްރާން ޚާންގެ ތަހްރީކޭ އިންސާފު ޕާޓީގެ ނާއިބް ރައީސް ޝާހް މަހްމޫދު ގުރައިޝީއާއި ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް ޕީއެމްއެލް ނަވާޒްގެ ރައީސް ޝެހްބާޒް ޝަރިފްވެސް ވަނީ ފޯމް ހުށަހަޅުއްވާފަ އެވެ.
ތަހްރީކޭ އިންސާފް ޕާޓީން ވަނީ ޝެހްބާޒްގެ ކުރިމަތި ލެއްވުމާ މެދު ނުރުހުން ފާޅުކޮށްފައެވެ. އަދި ޕާލަމެންޓްގައި ޕީޓީއައިގެ މަހުމޫދު ގުރައިޝީއާއި ޕީއެމްއެލް-އެން ލީޑަރު އަހްސަން އިޤްބާލްއާ ދެމެދު ހޫނު ބަހުގެ ހޫނު ޒުވާބުތަކެއްވެސް ހިނގިއެވެ.
ބާބަރު އަވާން ވިދާޅުވީ މިމައްސަލައަކީ ތަހްރީކޭ އިންސާފުން ޝާހްބާޒާ މެދު އިއުތިރާޒް ކުރާތީ ކުރެވުނު ބަހުސެއް ކަމަށެވެ. ތަކްރީކޭ އިންސާފުން ބުނަނީ ޝާހްބާޒްގެ މައްޗަށް ނުނިމި ހުރި ކޮރަޕްޝަންގެ އެތައް މައްސަލައެއް އެބަ އޮތް ކަމަށާއި އެހެންވެ އެނާ ބޮޑު ވަޒީރުގެ މަގާމަށް ބަލައި ނުގަތުމަށެވެ.
އެހެންނަމަވެސް ނޭޝަނަލް އެސެމްބްލީގެ ސެކްރެޓޭރިއެޓުން ވަނީ ދެ ކެންޑިޑޭޓުންގެ ނޮމިނޭޝަން ކަރުދާސްތައް ވެސް ބަލައިގެންފަ އެވެ.