ޔުކްރެއިންގެ އަންހެނަކު ބަންގީގެ އަޑު އަހައިގެން އަސަރުކޮށްގެން އިސްލާމް ވެއްޖެއެވެ. ތުރުކީ މީޑިއާއިން ބުނާ ގޮތުން ޑާރްޔާ ޔާއޮޝިންކޯ ތުރުކީވިލާތަށް އައީ ޓޫރިސްޓެއްގެ ގޮތުގައެވެ. އޭނާ ރެސްޓޯރެންޓެއްގައި ކާން އިންދައި އާޔާސޯފިއާ މިސްކިތުން ބަންގި ގޮވިއަޑު އޭނާއަށް އިވުނެވެ.

އެއަށްފަހު އޭނާ، އޭނާގެ ފިރިމީހާއާއެކު މިސްކިތަށްގޮސް ބަންގި ދިން އިމާމް މީހާ އުސްމާން ޖަގްމަކްއާ ބައްދަލުކޮށް އިސްލާމްވުމަށް ނިންމައި އިސްލާމްވީއެވެ.