އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ޔޫކްރެއިންގެ ވެރިރަށްކ ކިއޭވްއަށް ކުއްލި ދަތުރުފުޅެއް ކުރައްވައި، ރައީސް ވޮލޮޑިމީރް ޒެލެންސްކީއާ ބައްދަލު ކުރައްވައިފިއެވެ. ދެ ބޭފުޅުން ވަނީ އެކުގައި ކިއެވްގެ މަގުތަކުން ހިނގާފައި މީހުންނާ ބައްދަލުކޮށް ހައްދަވާފައެވެ.

ޖޯންސަންގެ މި ދަތުރުގެ ވާހަކަ މީޑިއާއަށް އިއުލާން ކޮށްފައެއް ނުވެއެވެ. ޑައުންނިންގ ސްޓްރީޓުން ބުނީ ބޮޑުވަޒީރު ޔޫކްރެއިންއަށް ދަތުރުކުރައްވަނީ ޔޫކްރެއިންގެ ރައްޔިތުންނާ އެއްބައިވަންތަކަން ދެއްކުމުގެ މަޤްޞަދުގައި ކަމަށެވެ. ޖޯންސަންއަކީ ރަޝިޔާގެ މަހުޖަނުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ އޭނާގެ ވޯޓަށާއި އޭނާގެ ޕާޓީއަށް ނަންގަވާފައިވާ ކަމަށް ތުހުމަ ތުކުރެއްވޭ ބޭފުޅެކެވެ.