ބޭނުންވާ ތަކެތި

½ 1 ޖޯޑު ފުށް

1/3 ޖޯޑު ކޯން ފުލާ

1 ޖޯޑު އަލަމަންޑް

¾ ސައި ސަމުސާ ލޮނު

1 ސައި ސަމުސާ ބޭކިން ޕައުޑަރ

4 ބިސް

½ ސައިސަމުސާ ވެނީލާ އެސެންސް

¼ 1 ޖޯޑު ހަކަރު

½ ޖޯޑު ފުލްކްރީމް މިލްކް

¼ ޖޯޑު ކޮކޯ ޕައުޑަރ

70 ގުރާމު ބަޓަރ

1/3 ޖޯޑު ތެޔޮ

ތައްޔާރުކުރާނެ ގޮތް

ހަކުރާއި، ބަޓަރ ތެޔޮ،މިލްކް، ވެނީލާ އެސެންސް، ބިސް ރަނގަޅަށް ގިރާލާށެވެ. ހަކުރުތައްވިރެންދެން ގިރަން ވާނެއެވެ. އެއަށްފަހު އަލަމަންޑް (މިކްސަރުން މުގުރާފައި) ފުށާއި ކޯންފުލާ، ކޮކޯ ޕައުޑަރ، ބޭކިންޕައުޑަރ ބޯތައްޓެއްގައި އެއްކޮށްލާށެވެ. ދެން ކުރިން ގިރި ބަޓަރ އާ އެއްކޮށް ރަނގަޅަށް ގިރާލާށެވެ. ހުރިހާ އެއްޗެއް ރަނގަޅަށް ގިރާލުމަށްފަހު ކޭކު ފިހާ ޓްރޭގައި ބޭކިން ޕޭޕަރ އެޅުމަށްފަހު އަވަން ހޫނުކޮށް 180 ޑިގްރީގައި ފިހެލާށެވެ.

ކްރީމް ތައްޔާރުކުރުން

2 ސަމުސާ ގެރިކިރު

1 މޭޒުމަތީސަމުސާ ބަޓަރ

¾ ޖޯޑު ބުރައުން ޝުގަރ

70 ގުރާމު ޑާކް ޗޮކްލެޓް

1 ސައި ސަމުސާ ވެނިލާ އެސެންސް

½ ޖޯޑު މުގުރި އަލަމަންޑު

ތެއްޔަކަށް ފުލް ކްރީމް، ގެރި ކިރު، ބަޓަރ، ޗޮކްލެޓް، ހަކުރު އަޅައި އުނދުންމައްޗަށް އުދުމަށްފަހު ރަނގަޅަށްހަލަމުން ހަކުރާ އަދި ވެނީލާ އެސެންސްވެސް އަޅާށެވެ. އުނދުން މަޑުގިނީގައި ބަހައްޓައިގެން ވަރަށް ރަނގަޅަށް ދޭފަތަކުން ހަލަން ވާނެއެވެ. ރަނގަޅަށް ކައްކާ އެއްކޮށްލުމަށްފަހު އުނދުންމަތިން ބާލާށެވެ. ދެން ހިހޫކުރުމަށްފަހު ކޭކު މައްޗަށް އަޅާށެވެ. އެއަށްފަހު އަލަމްނޑު ކޮޅު މައްޗަށް ބުރުވާލާށެވެ. ނުމުގުރާ ކަނަމަދުވެސް އަލަމަންޑު ކޮށާލާފައި ކްރީމް ގަނޑުމަތީ އަތުރާލާށެވެ. ބޭނުނުންނަމަ އަލަމަންޑް ފޯކޮށްފައި ތޮށި ނޮޅާލެވިދާނެއެވެ.