ބޭނުންވާ ތަކެތި

250 ގުރާމު ބޯންލެސް ޗިކަން

½ މޭޒުމަތީސަމުސާ ވައިޓް ޕެޕާ

1 މޭޒުމަތީސަމުސާ މުގުރި އަސޭމިރުސް

1 މޭޒުމަތީސަމުސާ ޗިކަން ޕައުޑަރ

1 ސައިސަމުސާ ލޮނު

1 ސައިސަމުސާ ލޮނުމެދު (ޗަސްކޮށްފައި)

1 ސައިސަމުސާ ޕެޕްރިކާ ޕައުޑަރ

2 ބިސް

2 ފޮތި ޕާން

¼ ޖޯޑު ފުލްކްރީމް މިލްކް

4 މޭޒުމަތީސަމުސާ ކޯން ފްލާ

4 މޭޒުމަތީސަމުސާ ގޮދަންފުށް

½ މޭޒުމަތީސަމުސާ މުގުރި އަސޭމިރުސް

ކުޑަ ލޮނުކޮޅެއް

1 މޭޒުމަތީސަމުސާ ސޯޔާ ސޯސް

¼ ޖޯޑު ފެން

½ ޖޯޑު ގޮދަން ފުށް

1 ޖޯޑު ފާރޮށި ކުނޑި

ތެއްލަން ތެޔޮ

ތައްޔާރުކުރާނެގޮތް

އެންމެ ފުރަތަމަ ބޯންލެސް ޗިކަން ދޮވެލުމަށްފަހު ވައިޓް ޕެޕާ، މުގުރި އަސޭމިރުސް، ޗިކަން ޕައުޑަރ، ލޮނު ލޮނުމެދު، ޕެޕްރިކާ ޕައުޑަރ، 1 ބިސް، 2 ފޮތި ޕާން މިކްސަރުގައި ހިމުންކޮށްލާށެވެ. ޕާން ފޮތިތައް އެއްކުރާނީ ކިރުގައި ފޯކޮށްލުމަށްފަހު އެވެ. އެހެންނަމަވެސް ކިރު ހުސްކޮށްލަން ޕާންފޮތިތައް ފިތާލަންވާނެއެވެ. ހުރިހާ އެޗެއް ހިމުން ވުމުން ބޯތައްޓަކަށް ކޯން ފްލާ، 4 ސަމުސާ ގޮދަންފުށް، މުގުރި އަސޭމިރުސް، ކުޑަ ލޮނުކޮޅެއް އަޅައިގެން އެއްކޮށްލާށެވެ. އެއަށްފަހު 1 ބިހާއި، ސޯޔާ ސޯސް، ފެން އަޅައިގެން ރަނގަޅަށް ގިރާލާށެވެ. ދެން އަތުގައި ތެޔޮ އުނގުޅުމަށްފަހު ތައްޔާރުކުރި މަސްގަނޑުން ނަގެޓްސް ހަދާށެވެ. އެއަށްފަހު ގޮދަންފުށް އުނގުޅާށެވެ. ދެން ގިރި ފުށްގަޑަށްލައި، ފާރޮށި ކުޑި އުނގުޅުމަށްފަހު ތެއްލާށެވެ. ތެއްލާނީ ބޮޑު ތެޔޮގަނޑެއްގައެވެ.