ބޭނުންވާ ތަކެތި
200 ގުރާމު ފުށް
4 ބިސް
½ މޭޒުމަތީސަމުސާ ލޮނު
¼ ޖޯޑު ބަޓަރ
300 އެމް އެލް ފެން
1 މޭޒުމަތީސަމުސާ ހަކުރު
ޗޮކްލެޓް ކްރީމް ތައްޔާރުކުރުމަށް
ބޭނުންވާ ތަކެތި
2 ޖޯޑު އައިސިން ޝުގަރ
¼ ޖޯޑު މާޖިރިން
1 ސަމުސާ ބަޓަރ
1 ސައިސަމުސާ ވެނީލާ އެސެންސް
2 މޭޒުމަތީސަމުސާ ފުލްކްރީމް މިލްކް
1 މޭޒުމަތީސަމުސާ ކޮކޯ ޕައުޑަރ
¼ ޖޯޑު ޗޮކްލެޓް (ދިޔާކޮށްފައި
ތައްޔާރުކުރާނެ ގޮތް
ފެނުގެ ތެރެއަށް ބަޓަރ އެޅުމަށްފަހު ބޮކިޖަހަންދެން ކައްކާށެވެ. ދެން ހަކުރާއި ލޮނު އެޅުމަށްފަހު އުނދުނުގެ ގިނި މަޑުކޮށްގެން ފުށް އަޅަމުން ހިލާށެވެ. ފުށްގަނޑު ހިލި، ރަނަގަޅަށް އެއްވުމުން އުނދުންމަތިން ބާލާށެވެ. އެއަށްފަހު ބިސްއަޅައި ކޭކު މިކްސަރަކުން ގިރާލާށެވެ. ދެން އަސިންގް ބޭގެއްގައި ސްޓާ ނޮޒުލް ޖެހުމަށްފަހު ފުށްގަނޑު ބޭގަށް އަޅާށެވެ. ދެން ފިހާނެ ޓްރޭއެއްގައި ބޭގަށް ފިތާލައިގެން 3 އިންޗި ނުވަތަ 4 އިންޗި ދިގަށް އިކްލިޔާޒް އަތުރާށެވެ. އެއަށްފަހު އަވަން 250 ޑިގްރީގައި ހޫނުކުރުަމށްފަހު 30 ނުވަތަ 25 މިނެޓް ބަހައްޓަިގެން އިކްލިޔާޒް ފިހޭށެވެ. އެއަށްފަހު ކްރީމް ތައްޔާރުކުރާށެވެ.
ބަޓަރާއި މާޖިރިން އެއްކުރުމަށްފަހު ކޮކޯޕައުޑާރާޢި އައިސިން ޝުގަރ އަޅާ އެއްކުރާށެވެ. ދެން ފުލްކްރީމް މިލްކާއި އެސެންސް އަޅައިގެން ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ފިހުނު އިކްލިއާޒްގެ އެތެރެއަށް ކްރީމް އަޅާށެވެ. އަދި މަތީގައި ދިޔާކުރި ޗޮކްލެޓް އުނގުޅާށެވެ.