ނަގޮރްނޯ ކަރަބާޚް މިނިވަން ތަނެއްގެ ގޮތުގައި ބަލައިގަތުމަށް ފަރަންސޭސި އެމްޕީންތަކެއް މަސައްކަތް ފަށައިފިއެވެ. އަރްމީނިއާއާއި އަޒަރްބައިޖާންއާ ދެމެދު ހަނގުރާމަ ކުރަމުންދާ ނަގޮރްނޯ ކަރަބާޚް މިނިވަން ކުރުމަށް ބާރުއަޅައި ފަރަންސޭސި ޕާލަމެންޓްގެ މަތިގެއަށް ވަނީ ގަރާރެއް ވައްދާފައެވެ.
މި ގަރާރާ މެދު ބަހުސް ކުރުން އޮންނާނީ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ.
ފަރަންސޭސި ޕާލަމެންޓްގެ މަތިގެއިން ނަގޮރްނޯ ކަރަބާޚް މިނިވަން ދައުލަތެއް ކަމުގައި ބަލައި ގަތުމަށް ނިންމި ކަމުގައިވިއަސް އެކަން ވެގެންދާނީ ސަރުކާރަށް ހުށަހަޅާ ހުށަހެޅުމަކަށެވެ. ސަރުކާރަށް އެ ނިންމުން ތަންފީޒު ކުރުން ލާޒިމެއް ނުވާނެއެވެ.
ޝީޢީ މުސްލިމް އަޒަރްބައިޖާންއާއި އޮރްތޯޑަކްސް ކްރިސްޓިއަން އަރްމީނިއާ އާދެމު ހިނގަމުންދާ ހަނގުރާމައިގައި ކެތޮލިކް ކްރިސްޓިއަން ފްރާންސުން ވަނީ އަރްމީނިއާއަށް ތާއީދުކޮށްފައެވެ. އަނެއްކޮޅުން ސުންނީ ތުރުކީ ވިލާތުން ވަނީ ޝީއާ އަޒަރްބައިޖާނަށް ތާއީދުކޮށް ސިފައިން ފޮނުވާފައެވެ.