އިންޑިއާގެ ޕޫނޭގެ ސެރަމް އިންސްޓިއުޓުން ޔޫރަޕްގެ ގައުމުތަކަށާއި އޮސްޓްރޭލިއާއަށް ގާތްގަނޑަކަށް 40 މިލިއަން ކޮވިޑް ވެކްސިން ޑޯޒް އެކްސްޕޯޓް ކޮށްފައިވާ ކަމަށް ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާގެ ޗީފް އެގްޒެކެޓިވް އޮފިސަރު އާދާރު ޕޫނޭވާލާ ވިދާޅުވެއެވެ. އިންޑިއާއިން އުފައްދާފައިވާ މި ކޮވެކްސިން އަކީ ޔޫރަޕްގައި ވިއްކަން ފެށި ފުރަތަމަ ކޮވިޑް19 ވެކްސިންއެވެ.
ޕޫނޭވާލާ ވިދާޅުވާ ގޮތުގައި ކޮވިޝީލްޑްގެ 200 މިލިއަން ޑޯޒްގެ ސްޓޮކެއް މިހާރުވެސް ލިބެން އެބަ ހުރި ކަމަށެވެ.
އިންޑިއާގެ ޑްރަގްސް ކޮންޓްރޯލާ ޖެނެރަލް ވަނީ 12 އަހަރުން މަތީގެ ކުދިންނަށް މި ވެކްސިން ދިނުން ރަނގަޅުކަމަށް ނިންމާފައެވެ. ނަމަވެސް އިންޑިއާގެ ގަވާއިދު ހަދާފަރާތްތަކުން އަދި މިކަމަށް ހުއްދަ ދީފައެއް ނުވެއެވެ.
ކޮވެކްސިންގެއ ޑޯޒެއް ސެރަމް އިންސްޓިއުޓުން ވިއްކަމުން ދަނީ އިންޑިއާ ސަރުކާރަށް ވިއްކާ އަގުކަމަށްވާ 225 ރުޕީސްގެ ރޭޓުންނެވެ.
އެކުންފުނިން ވަނީ ދެ ވެކްސިން ދޭތެރޭގައި އިންޑިއާއިން ގެންގުޅޭ ނުވަ މަހުގެ ގެޕް ހަ މަހަށް ކުޑަ ކުރުމަށް އެދިފައެވެ.