ޕާކިސްތާންގެ އައު ކެބިނެޓް ދާދި އަވަހަށް އިއުލާން ކުރާނެއެވެ. އުމުރުން 70 އަހަރުގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފް ވަނީ އޭނާގެ ސަރުކާރު އެކުލަވާލުމަށް ތާއީދު ކުރި ހުރިހައި ޕާޓީއެއްގެ އިސް ލީޑަރުންނާ މަޝްވަރާތައް ބާއްވާފައެވެ.

ބެލެވެ ގޮތުގައި ފޮރިން މިނިސްޓަރގެ މަގާމަށް ވަޑައިގަތުން އެންމެ އެކަށީގެންވަނީ ޕާކިސްތާން ޕީޕަލްސް ޕާޓީގެ ބިލާވަލް ބުއްޓޫ ޒަރްދާރީއެވެ.

ނަމަވެސް ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި ޕީޕަލްސް ޕާޓީން ބުނެފައި ވަނީ މަމާގެއް ބޭނުން ނުވާ ކަމަށެވެ. އަދި ބޭނުން ވަނީ ގައުމުގެ ކަންކަން ހަމަޖެހެން ކަމަށް ޕާޓީން ވަނީ ބުނެފައެވެ.