ބޭނުންވާ ތަކެތި

250 ގުރާމު ބޯންލެސް ޗިކަން (ކައްކާ ކުދިކޮށްފައި)

1 މޭޒުމަތީސަމުސާ މުގުރި މިރުސް

1 މޭޒުމަތީސަމުސާ މުގުރި އަސޭމިރުސް

1 މޭޒުމަތީސަމުސާ ދިރި

1 ސައިސަމުސާ ލޮނު

2 މޭޒުމަތީސަމުސާ ކޮރިއަންޑާ ލީވްސް

2 އަލުވި (މަޑުކޮށްފައި)

1 ބިސް

1 މޭޒުމަތީސަމުސާ ކޮރިއަންޑާ ލީވްސް (ނެތްނަމަ މުގުރި ކޮތަނބިރިކޮޅެއް)

1 ޖޯޑު ކޯން ފްލެކްސް ( އަތުން މުގުރާފައި )

ތެއްލަން ތެޔޮ

ތައްޔާރުކުރާނެގޮތް

އެންމެ ފުރަތަމަ ކުދި ކުރި ކުކުޅާއި އަސޭމިރުސް، މުގުރި މިރުސް، ދިރި، ލޮނު އަޅައިގެން އެއްކޮށްލާށެވެ. އެއަށްފަހު ކޮރިއަންޑާ ލީވްސް އެއްކޮށްލާށެވެ. ދެން އަލުވި އަތުން ޗަސްކޮށްލުމަށްފަހު މަސްގަނޑާއެކު މޮޑެލާށެވެ. އެއަށްފަހު މަސްގަނޑުން ވަށްކޮށް ގުޅަ ހަދާށެވެ. ދެން ބިސް ގިރުމަށްފަހު ބިހައްލާފައި ނަގާ ކޮންފްލެކްސް އުނގުޅާށެވެ. އެއަށްފަހު އަނެއްކާވެސް ބިހަށްލާފައި ނަގާ ކޮންފްލެކްސް އުނގުޅާށެވެ. ކޯންފްލެކްސް އުނގުޅުމަށްފަހު ރަނަގަޅަށް އަތުން އޮބަމުން ވަށްކޮށްލައި ރަނގަޅަށް ކޯންފްލްލެކްސް ތަތްކޮށްލަންވާނެއެވެ. ދެން ތެޔޮ ހޫނުކުރުމަށްފަހު ތެލަށް އަޅައި ތެއްލާލާށެވެ. އެއަށްފަހު ބޭނުންނަމަ މަތި މަޔޯނައިސް އިން ޑެކެރޭޓް ކްރެވިދާނެއެވެ.