ބޭނުންވާ ތަކެތި

2 ބިސް

1 ސައިސަމުސާ ލޮނު

2 ސައިސަމުސާ ވެނީލާ އެސެންސް

½ 1 ޖޯޑު ހަކުރު

1 ޖޯޑު ބަޓަރ މިލްކް

2 ޖޯޑު ފުށް

2 ސައިސަމުސާ ބޭކިން ސޮޑާ

1 މޭޒުމަތީސަމުސާ ބޭކިން ޕައުޑަރ

1 ޖޯޑު ހޫނު ކޮފީ

½ މޭޒުމަތީސަމުސާ ވެނީލާ އެސެންސް

90 ގުރާމު ފުށް

30 ގުރާމު ކޮކޯ ޕައުޑަރ

1 ސައިސަމުސާ ބޭކިންޕައުޑަރ

¼ ޖޯޑު ތެޔޮ

¼ ޖޯޑު ފުލްކްރީމް މިލްކް

ކްރީމް ތައްޔާރުކުރުމަށް

½ ޖޯޑު ގެރިކިރު

1 ޖޯޑު ފުލްކްރީމް މިލްކް

½ ޖޯޑު ވިޕްކްރީމް

1 މޭޒުމަތީސަމުސާ ވެނީލާ އެސެންސް

¼ ޖޯޑު ޑާކް ކުކިން ޗޮކްލެޓް (ދިޔާކޮށްފަ)

½ ޖޯޑް ވިޕް ކްރީމް

½ މޭޒުމަތީސަމުސާ ވެނީލާ އެސެންސް

2 ސަމުސާ ޕައުޑަރ ޝުގަރ

2 މޭޒުމަތީސަމުސާ ކޮކޯ ޕައުޑަރ

ކިޓްކެޓް ޗޮކްލެޓް

ތައްޔާރުކުރާނެ ގޮތް

އެންމެ ފުރަތަމަ ބިހާއި، ލޮނު، ވެނީލާ އެސެންސް، ހަކުރު، ބަޓަރ މިލްކް އަޅައިގެން ގިރާށެވެ. ދެން ފުށާއި، ކޮކޯ ޕައުޑަރ، ބޭކިން ސޮޑާ، ބޭކިން ޕައުޑަރ އަޅާ އެއްކުރާށެވެ. އެއަށްފަހު ކޮފީ ޖޯޑު އަޅައި ގިރާލާށެވެ. ދެން ކޭކު ފިހާ ޓްރޭ އަށް އަޅައި 40 މިނެޓް ބަހައްޓައިގެން ކޭކު ފިހެލާށެވެ. ފިހެވުމުން ނަގައި ހިހޫކުރުމަށްފަހު ކޭކުގެ މެދުން ކަފާލާށެވެ. އެއަށްފަހު އެއްބައި ނަގައި މަތީގައި އޮތް ބައިގައި ކިޓް ކެޓް ބަޓަރ ކްރީމް ލެޔާއެއް އުނގުޅާށެވެ. ދެން އަނެއްބައި މަތީގައި ބާއްވާފައި އަނެއްކާވެސް ކިޓްކެޓް ބަޓރ ކްރީމް އުނގުޅާށެވެ.

ކްރީމް ތައްޔާރުކުރާނެގޮތް

1 ޖޯޑު ކޮފީ ½ ޖޯޑު ގެރިކިރު ، 1 ޖޯޑު ފުލްކްރީމް މިލްކް، ½ ޖޯޑު ވިޕްކްރީމް، 1 މޭޒުމަތީސަމުސާ ވެނީލާ އެސެންސް، ¼ ޖޯޑު ޑާކް ކުކިން ޗޮކްލެޓް (ދިޔާކޮށްފައި) ރަނގަޅަށް ގިރާލާށެވެ. އެއަށްފަހު ކޭކު ފުށުން ޖަހައި މައްޗަށް އަޅާލާށެވެ. ދެން ކޭކް އައިސް އަލަމާރިއަށް ލާފައި 30 މިނެޓު ފްރިޖްގައި ބަހައްޓާލާށެވެ.

އަނެއްކާވެސް މައްޗައް އަޅަން ކްރީމް ތައްޔާރުކުރާށެވެ.

½ ޖޯޑް ވިޕް ކްރީމް، ½ މޭޒުމަތީސަމުސާ ވެނީލާ އެސެންސް، 2 ސަމުސާ ޕައުޑަރ ޝުގަރ، 2 މޭޒުމަތީސަމުސާ ކޮކޯ ޕައުޑަރ އަޅައިގެން ރަނގަޅަށް ގިރާލާށެވެ. އެއަށްފަހު ކޭކު މައްޗަށް އަޅައި އޮމާންކޮށްލާށެވެ. ދެން ބޭނުންނަމަ ޗޮކްކެޓް ކްރީމް / ކިޓްކެޓް ޗޮކްލެޓް އިން ޑެކަރޭޓް ކޮށްލާށެވެ.