ބޭނުންވާ ތަކެތި

1 ޕާން

1 ޖޯޑު ބޯންލެސް ޗިކަން (ކޮށާފައި،ކައްކާފައި)

1 މޭޒުމަތީ ސަމުސާ ލޮނުމެދު، އިނގުރު (ޗަސްކޮށްފައި)

½ މޭޒުމަތީސަމުސާ މުގުރި އަސޭމިރުސް

1 މޭޒުމަތީސަމުސާ މުގުރި މިރުސް (ޗިލީ ފްލެކްސް)

2 ސަމުސާ ތެޔޮ

½ ޖޯޑު ފިޔާ (ކޮށާފއި)

½ ޖޯޑު ކެބެޖް (ކޮށާފައި)

½ ޖޯޑު ކެޕްސިކަމް (ކޮށާފައި)

½ ޖޯޑު ކެރެޓް (ކޮށާފައި)

½ ޖޯޑު ޗީޒް

2 ބިސް

1 ޖޯޑު ފާރޮށި ކުނޑި

ރަހަލާވަރަށް ލޮނު

ތެއްލަން ތެޔޮ

ތައްޔާރުކުރާނެގޮތް

ތަވަޔަކަށް ތެޔޮ އެޅުމަށްފަހު އުނދުންމައްޗަށް އުދާ ހޫނުކޮށްލާށެވެ. ދެން އިނގުރު ލޮނުމެދުކޮޅު އަޅާ އެއްކޮށްލާށެވެ. އެއަށްފަހު ފިޔަ އާއި ތަރުކާރީ އަޅައި އެއްކުރާށެވެ. ދެން މުގުރި މިރުހާއި އަސޭމިރުސް، ޗިކަން ޕައުޑަރ، ލޮނުވެސް އަޅާށެވެ. ތަރުކާރީތައް އެހާ ގިނައިރު ނުކައްކާށެވެ. ހަރުކޮށް ހުނަނަވަރަށް ބަހައްޓާށެވެ. ދެން ކުކުޅުމަސްވެސް އަޅާ އެއްކޮށްލާށެވެ. އެއަށްފަހު ހިހޫކުރަން ބަހައްޓާށެވެ. ދެން ޕާންފޮތިތަކުގެ ވަށާ ކައިރި ނަގާ ރޮށިދަމާގޮތަށް ދަނޑިގަނޑުން އޮއްބަމުން ޕާންފޮތިތައް ބޮޑަށް ފަތިކޮށްލާށެވެ. އެއަށްފަހު ތައްޔާރުކުރި މަހުން 1 ސަމުސާ އަދި ޗީޒްކޮޅެއް އަޅައި ޕާން ފޮތި އޮޅާލާށެވެ. ދެން ތަތްކޮށްލުމަށް ކުޑަ ފެންފޮދެއް އުނގުޅާށެވެ. ރޯލް އޮޅާލުމުން ޕާން ފޮތީގައި މަސްގަނޑު ފެންނަން ހުރިނަމަ، ފެންފޮދެއް އުނގުޅައިގެން ބައްދާލާށެވެ. އެއަށްފަހު ބިހާއި ފާރޮށި ކުނޑި އުނގުޅާށެވެ. ދެން ބޮޑު ތެޔޮގަނޑެއްގައި ތެއްލާށެވެ.