ބޭނުންވާ ތަކެތި

¼ ޖޯޑު ހަކުރު

3 ޖޯޑު ފުށް

1 މޭޒުމަތީސަމުސާ ޔީސްޓް

½ މޭޒުމަތީސަމުސާ ލޮނު

1 ޖޯޑު ފުލްކްރީމް މިލްކް

1 ބިސް

½ މޭޒުމަތީސަމުސާ ވެނީލާ އެސެންސް

2 މޭޒުމަތީސަމުސާ ބަޓަރ

ތައްޔާރުކުރާނެ ގޮތް

ހަކުރާއި ފުށާއި، ، ލޮނާއި، ޔީސްޓް ތައްޓަކަށް އަޅައިއގެން އެއްކުރާށެވެ. އެއަށްފަހު 1 ޖޯޑު ފުލްކްރީމް މިލްކް ވެނީލާ އެސެންސް ، ބިސް، އަޅައިގެން މޮޑެލާށެވެ. ދެން ބަޓަރ އެއްކުރާށެވެ. އަނެއްކާވެސް ފުށްގަނޑު ރަނގަޅަށް މޮޑެލާށެވެ. ދެން މަތިޖެހި ތައްޓެއްގައި 40 މިނެޓް ބާއްވާށެވެ. އެއަށްފަހު ނަގާ ގުޅަ ޖަހާށެވެ. ދެން ފުށްގަނޑު ދެމުމަށްފަހު ޑޯނަޓް ކަޓަރ އަކުން ކަފާށެވެ. ކެފުމަށްފަހު ޓްރޭއެއްގައި އަތުރާ 30 މިނެޓް ބަހައްޓާށެވެ. އެއަށްފަހު ތަވަޔަކަށް ތެޔޮ އަޅާ ހޫނުކުރާށެވެ. ތެލަށް ހޫނުވުމުން ހެދި ގުޅަތައް ލައި ދެފުށަށް ޖަހަމުން ތެއްލާލާށެވެ. އެއަށްފަހު ނަގާ އަސިން ޝުގަރ އުނގުޅާށެވެ. ދެން ތެއްލި ޑޯނަޓްގެ އަރިމަތިން ލޯވަޅު ކެނޑުމަށްފަހު އައިސިން ޖަހާ ބޭގަކުން ޑޯނަޓްގެ އެތެރެއަށް ނަޓައްލާ އަޅާށެވެ.