ރޯދަމަހަކީ އެހެންމަސްތަކާ ޚިލާފު މަހެކެވެ. މަސައްކަތާއި ދިރިއުޅުމުގެ ކަންކަން ބަދަލުއައިސް އެހެން ނިޒާމަކަށް ހިންގަންޖެހޭ ދުވަސްކޮޅެކެވެ. މިއާއެކު ބައެއްމީހުންގެ ދިރިއުޅުމަށް ގެންނަން ޖެހޭ ބަދަލުތަކާއެކު އެމީހުންގެ ސިކުނޑިއަށް ކުރާބާރު ބޮޑުވެއެވެ. ޚާއްސަކޮށް މަސައްކަތާއި، ނިދުމުގެ އުސޫލާއި، ކެއުމަށް އަންނަ ބަދަލާއެކު މީހާގެ މިޒާޖު ބަދަލުވެ ހާސްވެ ކަންބޮޑުވުން އިތުރުވެއެވެ.

މިހެންދިމާވާން އާއްމުކޮށް މެދުވެރިވާ ސަބަބުތަކަކީ:

  • ބަނޑުހައިކަންމަތީގައި ގިނަވަގުތު ހޭދަކުރަން ޖެހުން
  • ކަރުހިއްކުން
  • ދިރިއުޅުމުގެ އާއްމުއާދަކާދަތައް ބަދަލުވުން
  • ނިދިމަދުވުން
  • މަސައްކަތް ބުރަވުން ( ޚާއްސަކޮށް އަންހެން ބޭފުޅުންނަށް)
  • އާއްމުކޮށް ކޮފީ (ކެފެއިން) ބޭނުން ކުރާބޭފުޅުންނަށް ދުވާލުގެވަގުތުގައި އެ ބޭނުން ނުކުރެވުން

ހާސްވެ ކަންބޮޑުވުން ކުޑަކުރާނީ ކިހިނެތް؟

  • ރޯދަވީއްލުމުގައާއި ތަރާވީސް އަދި ހާރަށް ރަނގަޅު ކާނާ ކާށެވެ.
  • ރޭގަނޑު ގިނައިން ދިޔާތަކެތި ބޭނުން ކުރާށެވެ
  • ހަށިގަނޑުގައި ހިމެނޭ ހޯމޯންތަކުގެ ތެރެއިން ސެރެޓޮނިން އަކީ މިހާގެ މިޒާޖު ހަމައަކަށް އެޅުވުމުގައި އެހީތެރިވެދޭ ހޯމޯން އެކެވެ. ކާނާގެ ތެރެއިން ބިސް، ޗީޒް، އަލަނާސި ، ޔޯރގަޓް، އޯޓްސް އަދި ނަޓްސް އަކީ ސެރެޓޮނިން އިތުރުކޮށްދޭ ކާނާގެ ބާވަތްތަކެކެވެ. މީގެ އިތުރަށް ކަސްރަތުކުރުމުންވެސް މި ހޯމޯންގެ މިންވަރު އިތުރުކޮށްދެއެވެ.
  • އޮމެގާ 3 އެކުލެވޭ ކާނާ ބޭނުން ކުރައްވާށެވެ.
  • ވިޓަމިން ބީ އެކުލެވޭ ކާނާ އަކީ ސްޓްރެސް ކުޑަކުރުމަށް އެހީވާ މާއްދާއެއްކަމުން ކެއުމުގައި މިބާވަތް ގިނަ ކުރައްވާށެވެ.
  • ރޭގަނޑު އަވަހަށް ނިދާށެވެ.
  • ރޭގަނޑުވެސް އަދި ދުވާލުގެ ގިނަ ވަގުތު އަޅުކަމުގައި ހޭދަކުރައްވާށެވެ. ހާސްވެކަންބޮޑުވުންތައް ލުއިވާނެއެވެ.

ތިރީގައިމިވާކާނާގެ ބާވަތްތަކާއި ދުރުހެލިވާށެވެ.

  • ހަކުރު އެޅިބުއިންތައް
  • ފޮނިހެދިކާ
  • ކޮފީ
  • ސޮފުޓްޑްރިންކްސް

ފުރިހަމަ ސިއްހަތެއްގައި ހުރުމަކީ ރޯދައިގެ މަތިވެރި އަޅުކަން އޭގެ އެންމެފުރިހަމަ ގޮތުގައި އަދާކުރުމަށް ލިބޭނެ ވަރަށްބޮޑު ބާރެކެވެ.