އިޒްރޭލު ސިފައިން ވަނީ މަސްޖިދުލްއަގްސާއަށް މިއަދު ވަދެ، ފަލަސްތީނުގެ 152 މީހުން ހައްޔަރުކޮށްފައެވެ. މަސްޖިދުލްއަގްސާގެ ވަގްފު އިދާރާއިން ބުނީ އިޒްރޭލުގެ ސަލާމަތީ ބާރުތަކުން ހުކުރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި މިސްކިތަށް ވަދެފައި ވަނީ ފަތިސް ނަމާދަށް އެތައް ހާސް ބަޔަކު މިސްކިތަށް ޖަމާވެފައި ތިއްބައެވެ.
އޮންލައިންކޮށް ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ފަލަސްތީނު މީހުން ވަނީ ޔަހޫދީ ސިފައިންނަށް އޮށްގަލުން ހަމަލަ ދީފައެވެ. އަދި ބަދަލުގައި ސިފައިން ވަނީ ކަރުނަ ގޭހާއި ސްޓަން ގްރެނޭޑް ފަދަ ތަކެތި އުކާފައެވެ. ވީޑިއޯއިން ފެނަނ ގޮތުގައި މިސްކިތުގެ ތެރޭގައި ނަމާދުކުރާ މީހުން ބަރިބަރިއަށ ތިއްބައި ބަޑިން ހަމަލާދީފައިވާ ތަނާއި މިސްކިތު ތެރޭން ކަރުނަ ގޭހުގެ ވިލާތައް ފެންނަން ހުރި މަންޒަރު ވެސް ފެނެއެވެ.
އުރުދުންއާއި ފަލަސްތީނުން ބުނެފައި ވަނީ މިފަހުގެ ހަމަލާތައް ހޫނުވެފައިވަނީ އިޒްރޭލުން އަމަލު ކުރަމުންދާ ގޮތުން ކަމަށެވެ.
އިތުރު މުސްލިމު ގައުމަކުން މަސްޖިދުލް އަގްސާގެ ހަމަލަ ކުށްވެރިކޮށްފައެވެ. މީގެ އިތުރުން އިޒްރޭލުން މަސްޖިދުލްއަގްސާއަށް ދިން ހަމަލަ ކުށްވެރިކޮށްފައިވާ ހަމައެކަނި މުސްލިމު އިދާރާއަކީ އަލްހަޒުއެވެ. އަލްއަޒުހަރުގެ އިމާމުލް އަކްބަރު ވަނީ އިޒޒްރޭލު މީހުން ފަލަސްތީނު މީހުންނާ މަދު އަމަލު ކުރާ ގޮތް ކުށްވެރި ނުކުރމުންނާއި އެކަމަށް ބީރު ކަންފަތެން ދޭތީ އެކަން ކުށްވެރި ކޮށްފައެވެ.
ފަލަސްތީނުގެ ރެޑް ކްރެސެންޓްގެ އިމަޖެންސީ ސާވިސް އިން ބުނީ ޒަޚަމްވި ގިނަ މީހުން ހޮސްޕިޓަލްތަކަށް ގެންގޮސްފައިވާ ކަމަށެވެ. މަސްޖިދުލްއަގްސާގެ ވަގްފު އިދާރާގެ މުވައްޒަފެއްގެ ލޮލަށް ރަބަރު ވަޒަނެއް އަރަފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.
ޔަހޫދީ ސިފައިން ވަނީ މިސްކިތުގެ ހަރިއްމަ ތެރެއަށް އެމްބިއުލާންސްތަކާއި ޕެރަމެޑިކްސް ވަނުމަށްވެސް ހުރަސްއަޅާފައި ކަމަށް ފަލަސްތީނުގެ ރެޑްކްރެސެންޓުން ބުނެއެވެ.
އިޒްރޭލު ސިފައިން މައުލޫމާތު ދީފައިވާ ގޮތުގައި މި ހަމަނުޖެހުންތަކުގައި ފަލަސްތީނުގެ 300 މީހުން ހައްޔަރުކޮށްފައިވެއެވެ.
އިސްރާއީލުގެ ފުލުހުން ބުނެފައިވަނީ، އެމީހުން މިކިތަށް ވަދެގަތީ މަސްޖިދުލްއަގްސާގައި ފަތިސް ނަމާދަށް ފަހު ތިބި، މީހުންގެ "ވަޔަލެންޓް" އެއްވުމެއް ރޫޅާލުމަށް ކަމަށެވެ.
އަލްޖަޒީރާއިން ބުނެފައި ވަނީ ޔަހޫދީ ސިފައިން ވަދެފައި ވަނީ އެއްވެސް އަސްލެއް ވާހަކައެއްގެ މައްޗަށް ބިނާ ކޮށެވެ.
އިްރޭލު ސިފައިން ވަނީ އަލްއަގްސާ މިސްކިތުގެ މޮޒައިކް ބިއްލޫރިތައްވެސް ތަޅާފާއެވެ.