ކުޑަކުދިންނާ ބެހުނު، ޔޫއޭއީގައި ކިޔަވައިދިން އިނގިރޭސިވިލާތުގެ ޓީޗަރު ހައްޔަރުކޮށްފިއެވެ. އުމުރުން 49 އަހަރުގެ ޕޯލް ޝިން ވަނީ 2004 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރުގެ މާޗް މަހާ ހަމައަށް ޔޫއޭއީގެ ސްކޫލެއްގައި ކިޔަވައިދީފައެވެ. އޭނާ ސްކޫލުގެ ވަޒީފާއިން ވަކި ކުރީ ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައެވެ.
ޔޫކޭގެ ނެޝަނަލް ކްރައިމް އޭޖެންސީން ޝިން ހައްޔަރު ކުރީ އޭނާ އެނބުރި އިނގިރޭސިވިލާތަށް ދިޔަ ވަގުތުއެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ، އުމުރުން އަށް އަހަރާއި ނުވަ އަހަރުގެ ކުދިން، ޖިންސީ ބޭނުމަށް މަގު ފުރައްދައި އެރޮނގުން ތަރުބިއްޔަތު ކުރި ކަމަށެވެ.
އަށް އަހަރު ވަންދެން އޭނާ ހިންގި ޖަރީމާތަކުގައި ދަރިވަރުންނަށް ހަދިޔާތައް ދީ، ދަތުރުގެން ގޮސް، ކުދިންނަށް ރިޝްވަތުދީ ހަދާފައި ވެއެވެ. މީގެ އިތުރުން ކުޑަ ކުދިންގެ ބަރަހަނާ ފޮޓޯތައް ނަގައި، އަދި ކުޑަކުދިންނަށް ބަރަހަނާ މަންޒަރު ބަލަން މަޖުބޫރުކޮށް، ކޮންޑަމްތައް ދައްކައިގެން ޖިންސީ ގުޅުން ހިންގާފައިވާ ކަމަށްވެސް އޭނާއަށް ތުހުމަތު ކުރެވެއެވެ.
ކިންގްސްޓަން ކްރައުން ކޯޓުން މުޖުރިމުގެ އަޑުއެހުންތައް ވަނީ ފަށާފައެވެ.