ބޭނުންވާ ތަކެތި

250 ގުރާމު ބޯންލެސް ޗިކަން (ކައްކާފައި)

½ ކިލޯ އަލުވި (ކައްކާފައި ގާނާފައި)

1 މޭޒުމަތީ ސަމުސާ ލޮނުމެދު، އިނގުރު (ޗަސްކޮށްފައި)

½ މޭޒުމަތީސަމުސާ މުގުރި އަސޭމިރުސް

1 މޭޒުމަތީސަމުސާ މުގުރި މިރުސް (ޗިލީ ފްލެކްސް)

½ މޭޒުމަތީސަމުސާ ގަރަމް މަސާލާ

½ މޭޒުމަތީސަމުސާ ރީނދޫ

4 މޭޒުމަތީސަމުސާ ކޯން ފްލާ

½ މޭޒުމަތީސަމުސާ އޮރިގާނޯ

¼ ޖޯޑު ކެޕްސިކަމް

3 މޭޒުމތީސަމުސާ އޮލިވް (ޒައިތޫނި)

1 ޖޯޑު ޗީޒް

¼ ޖޯޑު ޕިއްޒާ ސޯސް

4 މޭޒުމތީސަމުސާ ކޯންފްލާ

4 މޭޒުމަތީސަމުސާ ގޮދަންފުށް

½ މޭޒުމަތީސަމުސާ މުގުރި އަސޭމިރުސް

¼ މޭޒުމަތީސަމުސާ ލޮނު

1 ބިސް

1 މޭޒުމަތީސަމުސާ ސޯޔާ ސޯސް

¼ ޖޯޑު ފެން

ރަހަލާވަރަށް ލޮނު

ތެއްލަން ތެޔޮ

ތައްޔާރުކުރާނެގޮތް

ތަވަޔަކަށް ތެޔޮ އެޅުމަށްފަހު އުނދުންމައްޗަށް އުދާ ހޫނުކޮށްލާށެވެ. ދެން ފިޔައާއި އިނގުރު ލޮނުމެދުކޮޅު އަޅާ އެއްކޮށްލާށެވެ. އެއަށްފަހު ހަވާދާއި މުގުރި މިރުސް، ރީނދޫ، އަސޭމިރުސް އަޅާ އެއްކޮށްލާށެވެ. ދެން ކުކުޅުމަސްކޮޅުވެސް ކުދިކޮށްފައި އަޅާ އެއްކުރާށެވެ. އެއަށަފު އުނދުނަމތިން ބާލާށެވެ. ދެން ކައްކާ، ގާނާފައިހުރި އަލުއްވާއި ކޯންފްލާ އެއްކޮށް މޮޑެލާށެވެ. އެއަށްފަހު ތައްޔާރުކުރި ކުކުޅު މަސްގަނޑަށް ކެޕްސިކަމް، އޮލިވް، ޗީޒް،ޕިއްޒާ ސޯސް، އޮރިގާނޯ، މުގުރިއަސޭމިރުސް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. ދެން ދެއަތުގައި ތެޔޮ އުނގުޅުމަށްފަހު ތައްޔާރުކުރި އަލުވި ފުށްގަނޑުން ގުޅަޖަހއި އަތްމަތީގައި ފަތިކޮށްލުމަށްފަހު މަސްގަނޑުން 2 ސަމުސާވަރު އަޅާ ވައްކޮށް ލާށެވެ. އެއަށްފަހު މަސްރޮއްޓެއްގޮތަށް ފަތިކޮށްލާށެވެ. ދެން 4 މޭޒުމަތީސަމުސާ ގޮނދަށްފުށާއި، 4 މޭޒުމަތީސަމުސާ ކޯންފްލާ، މުގުރި އަސޭމިރުސް، ސޯޔާސްސް، ލޮނު، ބިސް އަދި ފެން ފޮދެއް އަޅައިގެން އޮލަކޮށް ގިރާލާށެވެ. އެއަށްފަހު ތައްޔާރުކުރި ކަޓްލަޓްސް ތައް ގިރި ފުށްގަނޑަށް ލުމަށްފަހު ނަގާ ފާރޮށި ކުނޑި އުނގުޅާށެވެ. އެއަށްފަހު ތަވަޔަކަށް 2 ސަމުސާ ތެޔޮ އަޅައި ހޫނު ވުމުން ތައްޔާރުކުރި ކަޓްލަޓްސްތައް އަތުރާށެވެ. ދެން ފުށުން ޖަހަމުން ފިހެލާށެވެ. ގާތްގަނޑަކަށް ތިންމިނެޓެއްހާއިރުން ފިހެވޭނެއެވެ. މި ކަޓްލަޓސް ފާރޮށި ކުނޑި އުނގުޅުމަށްފަހު އައިސް އަލަމާރީގައި ހަފުތާއެއްވަންދެންވެސް ބެހެއްޓޭނެއެވެ.