ރަމަޟާން މަހުގެ ދުވާލު ގަޑީ ރޯދަ ދޫކޮށް އާންމު ތަނެއްގައި ކައިބޮއި ހަދައިގެން މާލޭން ހައްޔަރުކުރި ދެ މީހަކު ޝަރުތުތަކެކޮށް ދޫކޮށްލައިފި އެވެ.

މި މައްސަލައިގައި ހައްޔަރުކުރީ 39 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ ފިރިހެނެކެވެ.

އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން އެ ދެ މީހުން ވެސް ވަނީ ރޯދަ ދޫކޮށްލައި އާންމު ތަނެއްގައި ކައިބޮއި ހެދި ކަމަށް އިއުތިރާފުވެފަ އެވެ. އަދި މި ދެ މީހުން ވެސް ކޯޓުގައި ބުނެފައި ވަނީ އެ އެ މީހުން ދުވާލު ގަޑީގައި ކައިފައި ވަނީ ބަލިވެ އުޅޭތީ ކަމަށެވެ.

މި ދެ މީހުންގެ ފަރާތުން ވެސް މުޖުތަމައުގެ ސަލާމަތަށް ނުރައްކާވާ ސަބަބެއް ނެތްކަމަށް ބުރަވެވޭތީ ކޯޓުން ވަނީ ދެ މީހުން ވެސް ޝަރުތުރުކޮށް ދޫކޮށްލައިފަ އެވެ.