ރޯދައިގެ އަޅުކަމަކީ ސިއްހީގޮތުން ގިނަ ފައިދާތަކެއް އެކުލެވިގެންވާ ކަމެކޭ ބުނެވޭއަޑު ވަރަށް ގިނައިން އިވޭނެއެވެ. ވަރަށް ގިނަ ބަލިތަކަށް އެއަޅުކަމުގެ ސަބަބުން ލުއިލިބިގެންދާކަމަށް ލިޔެވިފައިވާތަން ފެންނާނެއެވެ. މިހެން ބުނެއުޅެނީ ނުވަތަ ހަށިގަނޑަށް ބަދަލުތަކެއް ރޯދައާއެކު އަންނަނީ ކީއްވެގެންކަން އެނގޭހެއްޔެވެ؟ ރޯދަހިފައިގެން ހުންނަވަގުތު ތަކުގައި ހަށިގަނޑަށް އަންނަ ބަދަލުތަކަކީ ކޮބައިކަން އެނގޭހެއްޔެވެ؟

ރޯދައަށް ހުންނަވަގުތު ތިރީގައިމިވާ ބަދަލުތައް ހަށިގަނޑަށް އަންނާނެއެވެ.

ސްޓޭޖް 1

ރޯދަައަށް ހުންނަތާ ފުރަތަ 4 ގަޑިއިރުގެ ތެރޭގައި ހަށިގަނޑުގައި ހުންނަ ހަކުރުގެ މިންވަރުދާނީ މައްޗަށެވެ. އަދި އެކަން ހަމައަަކަށް އަޅުވަން ގިނައަދަދެއްގެ އިންސުލިން އިންޖެކްޓްކުރާނެއެވެ. މި ސްޓޭޖްގައި ބަނޑުހައިކަން އިހްސާސް ކުރެވޭނެއެވެ.

ސްޓޭޖް 2

ރޯދައަށް ހުންނަތާ 4 ގަޑިއިރު ފަހުން ހަށިގަނޑުގައި ހަކުރު ހުންނަ މިންވަރު ވަރަށް ބޮޑަށް ދަށްކޮށްލާނެއެވެ.

ސްޓޭޖް 3

ރޯދައަށް ހުންނަތާ 8 ގަޑިއިރު ފަހުން ހަށިގަނޑުގައި ހަކުރުހުންނަންޖެހޭ މިންވަރު ހަމައަކަށް އަޅުވައިދޭނެއެވެ.

ސްޓޭޖް 4

ރޯދައަށް ހުންނަތާ 8 ގަޑިއިރު ފަހުން ހަށިގަނޑަށް ބޭނުންވާ ހަކަތަ އުފެއްދުމަށް ހަށިގަނޑުގައިވާ ސަރުބީ ބޭނުން ކުރަންފަށާނެއެވެ.

މިސްޓޭޖްގައި ހަށިގަނޑުގައި އެތެރޭގައިވާ ދުޅަަތައް ތިރިކޮށް ފަސޭހަ ކުރުމުގެ މަސައްކަތް ފެށޭނެއެވެ.

ސްޓޭޖް 5

ރޯދައަށް ހުންނަތާ 8 ގަޑިއިރު ފަހުން މިސްޓޭޖްގައި ހަށިގަނޑު މަރާމާތުކުރުމުގެ މަސައްކަތް ފެށޭނެއެވެ. ހަށިގަނޑުގައި ހިމެނޭ ހަލާކުވެފައިވާ ސެލްތަކާއި ޓިޝޫތަކާއި ގުނަވަންތައް ރިޕެއަރ ކުރުމުގެ މަސައްކަތް ފެށެެއެވެ. މިސްޓޭޖްގައި މީހާ އެލަރޓްވެފައި ސަމާލުވާނެއެވެ.

ސްޓޭޖް 6

މިސްޓޭޖްގައި ހަށިގަނޑުން ހަލާކުވެފައިވާ ބައިތައް ހަކަތައިގެ ގޮތުގައި ބޭނުންކުރުމަށް ނަގައި ހަލާކުކޮށްލައެވެ. އަދި ގުނަވަންތަކާއި ހަށިގަނޑުގެ ނިޒާމްތައް އަލުން މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްދެއެވެ. މިސްޓޭޖްގައި ހަންގަޑަށް އަންނަ ބަދަލުތައް ފާހަގަކުރެވޭނެއެވެ. މިއީ އުމުރުން ދުވަސްވަމުން އަންނަ އިރު ދިމާވާ އަލްޒިމާ ބަލިން ސަލާމަތްކޮށްދިނުމަށް އެހީތެރިވާ ސްޓޭޖެކެވެ.

ސްޓޭޖް 7

ރޯދައަށް ހުންނަތާ 8 ގަޑިއިރު ފަހުން މިސްޓޭޖްގައި ހަށިގަނޑުގެ މަސްތައް މަރާމާތުކުރުމަށް ބޭނުންވާ މުހިންމު ހޯރމޯނެއްކަމުގައިވާ ގްރޮތު ހޯރމޯންގެ މިންވަރު މަތިވެއެވެ. އަދި އިންސުލިންގެ މިންވަރު ހަމައަކަށް އެޅެއެވެ.

ސްޓޭޖް 8

ރޯދައަށް ހުންނަތާ 12 ގަޑިއިރު ފަހުން މިސްޓޭޖްގައި ހަށިގަނޑުގެ ދިފާއީ ނިޒާމްގައި ހިމެނޭ ސެލްތައް އަލުން އުފެދި ދިފާއީ ނިޒާމް ވަރުގަދަކުރުމުގެ މަސައްކަތް ފެށެއެވެ.

މިއީ ހަށިގަނޑުގެ ނިޒާމްތަކަށް މައިގަނޑުގޮތެއްގައި ރޯދަޔަށް ހުރުމުން އަންނާނެ ބަދަލުތަކެވެ. މިއީ ވަރަށް ކުރުކޮށް ޚުލާސާކޮށްލުމަށް ފަހު ގެނެސްދެވިފައިވާ މައުލޫމާތު ކޮޅެކެވެ.