ޗައިނާއާއި ނޭޕާލްގެ ރަހުމަތްތެރިކަން ދައްކައިދޭ ބަގީޗާއަކަށް ނޭޕާލް ވާން ޖެހޭ ކަމަށް ނޭޕާލަށް ކަނޑައަޅާފައިވާ ޗައިނާ އެމްބެސެޑަރު ވިދާޅުވެއެވެ. އޭނާ ވާހަކަ ދައްކަވާފައި ވަނީ ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ދަށުން ބެއިޖިން އާއި ކަޓްމަމަންޑޫއާ ދެމެދު އޮންނަ ގުޅުމާ ބެހޭ ގޮތުންނެވެ.
ސަފީރު ހައު ޔަންކީ ދެއްކެވި ވާހަކަފުޅުގައި، ވިދާޅުވީ ނޭޕާލަކީ ޖިއޮޕޮލިޓިކަލް ގޭމްތަކުޖގެ ހަނގުރާމައިގެ އުޅައްގަނޑަކަށް ވާކަށް ނުޖެހޭ ކަމަށެވެ.
ޗައިނާއިން ނޭޕާލްގައި ނުފީޒި ފެތުރުމަށް މަސައްކަތް ކުރަމުން ދެއެވެ. ނަމަވެސް ޗައިނާއިން ނޭޕާލާ މެދު ގެންގުޅޭ ނޭއްގާނިކަމާއި ނޭޕާލްގެ މީހުންގެ އުދާސްތަކަށް ޗައިނާއިން އަޅާ ނުލާތީ ނޭޕާލް މީހުން ޗައިނާއާމެދު ހައްސާސް ވެއެވެ.
އެމެރިކާއިން ނޭޕާލަށް އެހީވުމަށް ފަށާފައިވާ ނޭޕާލް ޔޫއެސް މިލޭނިއަމް ޗެލެންޖް ކޮމްޕެކްޓަކީ، ޗައިނާގެ ބެލްޓް އެންޑް ރޯޑް ޕްރޮޖެކްޓްގެ މަޝްރޫއުތަކާ ވާދަކުރާ އެއްޗެއް ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން ޔަންކީ ވިދާޅުވީ، "ނޭޕާލް ވާންޖެހޭނީ ގައުމުތަކުގެ މެދުގައި ރަހުމަތްތެރިކަމުގެ ގުޅުމުގެ ނަމޫނާ ދައްކައިދޭ ފަސްގަނޑަކަށް ކަމަށެވެ.
ނޭޕާލްގެ ބޭރު ފައިސާގެ ރިޒާވް ވަނީ ހުލިވާން ފަށާފައެވެ. އަދި ނޭޕާލުން ވަނީ ލަގްޒަރީ ސާމާނުތައް އެތެރެ ކުރުމަށް ބޭރު ފައިސާ ހޭދަކުރުން މަނާ ކޮށްފައެވެ. އަދި މަރުކަޒީ ބެންކުގެ ގަވަރުނަރުވެސް މަގާމުން ދުރުކޮށްފައި ވެއެވެ.
ނޭޕާލް ސަރުކާރުން އިއްޔެ ބޭރުގައި އުޅޭ ނޭޕާލް މީހުންނަށް ގޮވާލާފައި ވަނީ އެމީހުން ނޭޕާލަށް ފައިސާ ފޮނުވައި ބޭރު ފައިސާގެ ރިޒާވް ދުޅަހެޔޮ ކޮށްދިނުމަށް އެހީތެރިވެ ދިނުމަށެވެ.
ނޭޕާލަކީ އިންޑިއާއާއި ޗައިނާ ދެމެދު ފިތިފައި އޮންނަ ކުޑަ ގައުމެކެވެ.