ބޭނުންވާ ތަކެތި

ފުށްގަޑު ތައްޔާރުކުރުމަށް

1 މޭޒުމަތީސަމުސާ ޔީސްޓް

2 ޖޯޑު ފުށް

½ ޖޯޑު ތާފަނާފެން

1 ސައިސަމުސާ ހަކުރު

ރަހަލާވަރަށް ލޮނު

މަސްގަނޑު ތައްޔާރުކުރުކުރުމަށް

1 ޖޯޑު ބޯންލެސް ޗިކަން (ހިމުންކޮށްފައި/ކުދިކޮށް ކޮށާފައި)

1 މޭޒުމަތީ ސަމުސާ ލޮނުމެދު (ޗަސްކޮށްފައި)

1 މޭޒުމަތީސަމުސާ މުގުރި މިރުސް

1 މޭޒުމތީސަމުސާ މުގުރި އަސޭމިރުސް

1 މޭޒުމތީސަމުސާ ވިނިގާ

1 މޭޒުމަތީސަމުސާ ސޯޔާ ސޯސް

2 މޭޒުމަތީސަމުސާ ތެޔޮ

1 ފިޔާ (ކޮށާފައި)

1 ކެޕްސިކަމް (ކޮށާފައި)

4 ސްލައިސް ޗީޒް

4 ރޯމިރުސް (ކޮށާފައި)

1 މޭޒުމަތީސަމުސާ ޕިއްޒާ ސޯސް

ތައްޔާރުކުރާނެގޮތް

އެންމެ ފުރަތަމަ ތާފަނާ ފެނަށް ޔީސްޓް އެޅުމަށްފަހު 10 މިނެޓް ބަހައްޓާށެވެ. ދެން ތެލާއި ލޮނު އަދި ހަކުރު ޔީސްޓް ފެނަ އަޅައިގެން ފުށްގނަޑު މޮޑެލާށެވެ. އެއަށްފަހު މަތިޖެހޭތައްޓެއްގައި 30 މިނެޓް ބާއްވާށެވެ.

ދެން މަސްގަނޑު ތައްޔާރުކުރާށެވެ. ކުކުޅު މަސްގަނޑުގެތެރެއަށް ލޮނުމެދާއި އަސޭމިރުހާއި މުގުރުރި މިރުސް، ސޯޔާ ސޯސް، ވިނިގާ އަދި ލޮނު އަޅައިގެން ރަނަގަޅަށް މޮޑެލާށެވެ. ދެން މެރިނޭޓް ކުރުމަށް 30 މިނެޓް މެރިނޭޓް ކުރަން ބަހައްޓާށެވެ. އެއަށްފަހު ތަވަޔަކަށް ތެޔޮ އަޅައި އުނދުންމައަޗަށް އުދާ ހޫނުކޮށްލާށެވެ. ދެން ކުކުޅު މަސްގަނޑު އަޅައި ހަނާކޮށްލާށެވެ. އެއަށްފަހު ފެންފޮދެއް އަޅައިގެން ފެން ހިނދެންދެން ކައްކަލާށެވެ. ދެން ފިޔާ، ޓޮމާޓޯ، ކެޕްސިކަމް އަޅައި އުނދުންމަތީ ބަހައްޓައިގެން އެއްކޮށްލާށެވެ. އެއަށްފަހު ޕއްޒާ ސޯސް އާއި އޮރިގާނޯ އަޅައި ދޭފަތަކުން އެއްކޮށްލާށެވެ. ދެން އުނދުންމަތިން ބާލާށެވެ.

ދެން ފުށްގަނޑު ދިގުކޮށް ދަމާލާށެވެ. އެއަށްފަހު ދެމި ފުށްގަނޑުމަތީ ޗީޒް ބަހައްޓާށެވެ. ދެން އޭގެ މައްޗަށް މަސްގަނޑު އަޅާށެވެ. އެއަށްފަހު މަސްގަނޑު ނިވާވާނޭހެން ދެފަރާތުން ފުށްގަނޑު ފަތްޖަހާލާށެވެ. އެއަށްފަހު ތިން އިނގިލި ފުޅާމިނަށް ބުރިކުރާށެވެ. ދެން ޓްރޭގައި އަތުރާށެވެ. އެއަށްފަހު ބިހުގެ ގޮބޮޅި ގިރާފައި ފިއްސަކުން ފުށްގަނޑު މަތީގައި އުނގުޅާށެވެ. ދެން އަވަން 170 ޑިގްރީގައި ބެހައްޓައިގެން ހޫނު ކުރުމަށްފަހު ޓްރޭ އަވަނަށްލައި ޕާރިސަލް ޕިއްޒާ ފިހެލާށެވެ.