ބޭނުންވާ ތަކެތި

½ 1 ޖޯޑު ފުށް

1 ޖޯޑު ހަކުރު

1 ސައި ސަމުސާ ކޮފީ

1 ސައި ސަމުސާ ބޭކިން ޕައުޑަރ

½ ޖޯޑު ތެޔޮ

½ ޖޯޑު ކާޑް ނޫނީ ޕްލޭން ޔޯގަޓް

¾ ޖޯޑު ކޮކޯ ޕައުޑަރ

ތައްޔާރުކުރާނެ ގޮތް

އެންމެ ފުރަތަމަ ޖޯޑެއްގައި ނުވަތަ ބޯތައްޓެއްގައި 1 ސަމުސާ ކޮފީ ޕައުޑަރ 4 މޭޒުމަތީ ސަމުސާ ހޫނުފެން އެޅުމަށްފަހު ރަނގަޅަށް ގިރާލާށެވެ. ދެން ކޮފީ ތަށި އެއްފަރާތެއްގައި ބެހެއްޓުމަށްފަހު ކޭކު ގިރާނެ ތައްޓަކަށް ބައިޖޯޑު ކުކިން އޮއިލް އަދި ބައިޖޯޑު ކާޑް ނޫނީ ޔޯގަޓް އަދި އެއްޖޯޑު ހަކުރު އަޅައިގެން ރަނގަޅަށް ގިރާލާށެވެ. ހަކުރުއަޅާނީ މުގުރާލާފައެވެ. އެއަށްފަހު ހުރިހާއެއްޗެއް ވަރަށް ރަނގަޅަށް އެއްކޮށް ގިރާލާށެވެ. ދެން ފުށް ކޮކޯޕައުޑަރބޭކިން ޕައުޑަރ ބޭކިން ސޮޑާ ކުޑަ ލޮނުކޮޅެއް އަޅައި، ހުރިހާ އެއްޗެއް އެއްކޮށް ފުރާނާލާށެވެ. ދެން ކުރީގައި ގިރާފައި ހުރި ހަކުރު މިކްސަރ އާ އެއްކޮށްލާށެވެ. އަތުން ގިރުން ރަނގަޅުވާނެއެވެ. އެއީ މާ ބޮޑަށް ގިރިދާނެތީއެވެ. ކޭކު ފުށްގަނޑު ރަނގަޅަށް ގިރުމުން ގިރާފައިހުރި ކޮފީތަށިވެސް އެއަށް އަޅާށެވެ. އެއަށްފަހު ހަތަރުބައިކުޅަ ތިންބައި ޖޯޑު ކިރު އަޅާށެވެ. ކިރު އެއްކުރާއިރު އެއްކޮށް އަޅާ ނުލާ އެތި އެތި ފޮދުން އެއްކުރަމުން ގެންދާށެވެ. ރަނގަޅަށް ގިރުމުން ކޭކު ފިހާ ޓްރޭގައި ތެޔޮ އުގުޅުމަށްފަހު ގިރި ކޭކު ފުށްގަނޑު އެއަށް އަޅާށެވެ. ދެން އަވަން 180 ޑިގްރީގައި ހޫނު ކުރުމަށްފަހު ކޭކު ފިހަން ލާށެވެ.

ކްރީމް ތައްޔާރުކުރުން

300 އެމް އެލް މިލްކް ތެޔެއްގައި އުނދުންމައްޗަށް އުދާށެވެ. އެއަށްފަހު ދެ ސަމުސާ ހަކުރު އެއްކުރާށެވެ. ދެން މަޑު ގިނީގައި ކިރު ފޮދު ހޫނު ކޮށްލާށެވެ. އަދި 1 ސައި ސަމުސާ ކޮފީ ކުޑަ ޖޯޑަކަށް އަޅާށެވެ. ދެން 3 ސަމުސާ ތާފަނާފެން އަޅާ ގިރާލާށެވެ. އަދި އެއަށް 1 މޭޒުމަތީ ސަމުސާ ކޮކޯ ޕައުޑަރވެސް އަޅާ އެއްކޮށްލާށެވެ. އެއަށްފަހު ކުރިން ހޫނު ކުރި ކިރަށް ބައި ސަމުސާ ކޯންފްލާ އަޅާ އެއްކޮށްލާށެވެ. އެއަށްފަހު ގިރި ކޮފީ އާއި މިލްކް އާ އެއްކޮށް ކައްކާލާށެވެ. އެހާ ބޮޑަށް އޮލަ ނުކޮށް އުނދުންމަތިން ބާލާށެވެ. އެއަށްފަހު ފިހުނު ކޭކް ތޮރުފުމަށްފަހު ކޭކުމައްޗަށް އަޅާލާށެވެ. ދެން ކޭކް އައިސް އަލަމާރިއަށްލާ 30 މިނެޓް ބަހައްޓާށެވެ.

އެއަށްފަހު 1 ޖޯޑު ވިޕް ކްރީމް ރަނގަޅަށް ވިޕް ކުރުމަށްފަހު 2 މޭޒުމަތީ ސަމުސާ ހަކުރު އަޅާ އެއްކުރާށެވެ. ދެން 2 މޭޒުމަތީ ސަމުސާ ޗޮކްލެޓް(ކުކިންޗޮކްލެޓް) ދިޔާ ކުރުމަށްފަހު ވިޕް ކްރީމާ އެއްކޮށްލާށެވެ. އެއަށްފަހު ފްރިޖުން ކޭކު ނަގާ ކޭކު މަތީގައި ވިޕް ކްރީމް ފަތުރާލާށެވެ. ބޭނުންނަމަ އޭގެ މައްޗަށް ޑާކް ޗޮކްލެޓް ގާނާފައި އެޅިދާނެއެވެ. އެއަށްފަހު ފުރިޖަށްލާ 30 މިނެޓް ވާއިރު ކޭކު ހުންނާނީ ނިމިފައެވެ.