ހުޅުމާލޭގައި އިއްޔެ ވަޅިން ހަމަލާދީ ބިދޭސީއަކު މަރާލުމަށްފަހު ފިލައިގެން އުޅުނު ޕާކިސްތާނު މީހާ ރޭ ހައްޔަރުކޮށްފި އެވެ.

އިއްޔެ ހަވީރު ހުޅުމާލެ ޚާންޖީ ކެފޭތެރޭގައި މަރާލި ބަންގްލަދޭޝް މީހާއަކީ އެތަނުގައި އުޅޭ ވޭޓަރެކެވެ. އަދި އޭނާ މަރާލިކަމަށް ތުހުމަތުކުރެވޭ ޕާކިސްތާނު މީހާއަކީ އެތަނުގެ ކައްކާއެވެ.

ފުލުހުން ބުނިގޮތުގައި އެމީހާގެ މަރުގެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޕާކިސްތާނުގެ ފިރިހެނެއް ކަމަށްވާ މުހައްމަދު އާބިދު، 26، އެވެ.

މި މަރުގެ މައްސަލަ ހާއްސަ އިސްކަމެއް ދީގެން ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.