ބޭނުންވާ ތަކެތި

250 ގުރާމު ޗީޒް

2 މޭޒުމަތީސަމުސާ ޕައުޑަރ ޝުގަރ

1 މަތިގަނޑު ވެނީލާ އެސެންސް

250 އެމްއެލް މިލްކް / ކްރީމް

20 ގުރާމު ޖެލެޓިން

1 މޭޒުމަތީސަމުސާ ކޮކޯ ޕައުޑަރ

ތައްޔާރުކުރާނެ ގޮތް

ކްރީމް ހޫނުކޮށްލުމަށްފަހު ޖެލެޓިން އަޅައިގެން ގިރާލާށެވެ. އެއަށްފަހު ޕައުޑަރ ޝުގަރ އާއި ވެނީލާ އެސެންސްވެސް އަޅާ އެއްކުރާށެވެ. ހުރިހާއެއްޗެއް ރަނގަޅަށް ގިރާލުމަށްފަހު ކްރީމް ޗީޒް އަޅާށެވެ. ދެން ކަޕް ކޭކު ތަށި ތައްޔާރުކުރުމަށްފަހު ގިރި ކޭކް މިކްސް އަޅާށެވެ. ގާތްގަޑަކާށް ތަށީގެ ތިންބައިކުޅަ އެއްބަޔާ ހަމައަށެވެ. މިގޮތަށް 6 ތައްޓަށް އެޅުމަށްފަހު ބާކީ ހުރިކްރީމްގެ ތެރެއަށް ކޮކޯޕައުޑަރ އަޅާ ގިރާށެވެ. އަދި ގިރި ކޭކު އެޅި ތަށިތައް ފްރިޖަށްލާ 5 މިނެޓް ބަހައްޓާށެވެ. ދެން ނަގައި ފަހުން ކޮކޯ އަޅައިގެން ގިރި މިކްސް މައްޗަށް އަޅާ ފްރިޖްގައި ގަޑިއެއްހާއިރު ބަހައްޓާފައި ނަގާ ފުށުންޖެހުމަށްފަހު ކޮކޯބައުޑަރުން ޑެކެރޭޓް ކޮށްލާށެވެ. ޗޮކްލެޓް ޗީޒް ކަޕް ކޭކު ހުންނާނީ ތައްޔާރުވެފައެވެ.