ބޭނުންވާ ތަކެތި
350 ގުރާމް ބޯންލެސް ޗިކަން (ދިގުކޮށް ކޮށާފައި)
5 މޭޒުމަތީސަމުސާ ތެޔޮ
2 އަލުވި (މަޑުކޮށްފައި)
½ 1 މޭޒުމަތީސަމުސާ މުގުރި އަސޭމިރުސް
1 ސައިސަމުސާ ލޮނު
1 މޭޒުމަތީސަމުސާ މުގުރި މިރުސް
½ 1 މޭޒުމަތީ ސަމުސާ ލޮނުމެދު (ހިމުންކޮށްފައި)
1 މޭޒުމަތީސަމުސާ ސޯޔާ ސޯސް
1 މޭޒުމަތީސަމުސާ ޗިލީ ސޯސް
1 މޭޒުމަތީސަމުސާ ވިނިގާ
½ 1 ޖޯޑު ކެޕްސިކަމް (ކޮށާފައި)
½ 1 ޖޯޑު ކެރެޓް (ކޮށާފައި)
½ 1 ޖޯޑު ކެބެޖް (ކޮށާފައި)
½ ޖޯޑު ޓޮމާޓޯ ކެޗަޕް
2 ޖޯޑު ސްޕެގެޓީ (ކައްކާފައި)
ރޯލް ޝީޓް / ފުށް މޮޑެފައި
1 މޭޒުމަތީ ސަމުސާ ފުށް
ކުޑަ ފެންފޮދެއް
ތެއްލަން ތެޔޮ
ތައްޔާރުކުރާނެ ގޮތް
ތަވަޔަކަށް ތެޔޮ އެޅުމަށްފަހު ހޫނުކޮށްލާށެވެ. ތެޔޮ ހޫނުވުމުން ކުކުޅު އަޅާށެވެ. އެއަށްފަހު ލޮނާއި ލޮނުމެދު މިރުސް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ސޯޔާސޯސް އަޅާށެވެ. ވިނިގާވެސް އަޅާށެވެ. ދެން ކުކުޅު ރަނގަޅަށް ރޯފިލަންދެން ކައްކާލާށެވެ. އެއަށްފަހު ކޮށާފައި ހުރި ތަރުކާރީތައް އަޅާށެވެ. ތަރުކާރީތައް މަސްގަނޑާ އެއްކޮށްލުމަށްފަހު ސްޕެގެޓީ އަޅާ އެއްކުރާށެވެ. ތަރުކާރީ އެޅުމަށްފަހު އެހާ ގިނައިރު ނުކައްކާށޭވެ. ތަރުރުކާރީތައް ތަންކޮޅެއް ހަރުކޮށް ބަހައްޓާށެވެ. ދެން ޗިލީ ސޯސްއާއި ޓޮމާޓޯ ސޯސް އަޅާ އެއްކޮށްލާށެވެ. އަދި ސްޕެގެޓީ ވެސް އަޅައި އެއްކުރާށެވެ. ދެން އުނދުންމަތިން ބާލާ ހިހޫ ކުރާށެވެ. ހިހޫވުމުން ރޯލް ޝީޓް ކެފުމަށްފަހު ތައްޔާރުކުރި މަސްގަނޑުން 1 ސަމުސާ މަސް އަޅާށެވެ. ދެން ދެ ފަރާތު އަރިމަތިން ފައްޖަހާލުމަށްފަހު އޮޅާލާށެވެ. އެއަށްފަހު ފުށާއި ފެންފޮދެއް އެއްކޮށްގެން ތެރަސް ހަދައި އެ ތެރަސް ރޯލް ގެ އޮޅިބައި ތަތްކޮށްލުމަށް ހާކާލާށެވެ. ދެން ރޯލްތައް އައިސްއަލަމާރިއަށް ލާފައި 2 ގަޑިއިރު ބަހައްޓާށެވެ. މިގޮތަށް ރޯލް ހަދާފައި ހަފުތާއެއް ވަންދެންވެސް އައިސް އަލަމާރީގައި ބެހެއްޓިދާނެއެވެ. 2 ގަޑިއރުވުމުން ނަގާ ތެއްލާށެވެ. އައިސް އަލަމާރިން ނަގާ ގިނަ އިރު ނުކޮށް ތެއްލަންވާނެއެވެ. ތެއްލާއިރު އުނދުނުގެ ގިނި ގަދަ ނުކުރާށެވެ. ރަންކުލަ އަރާ ވަރަށް ތެއްލެވުމުން ތެޔޮގަނޑުން ނަގާށެވެ. ޗިކަން ޗޯމިން ތައްޔާރު ވީއެވެ.