ޔުކްރެއިންގެ ލިވިވް ސިޓީއަށް ރަޝިޔާއިން ބާރުގަދަ ފަސް މިސައިލް ހަމަލައެއް، މިއަދު ދީފިއެވެ. ރަށުގެ ރައްޔިތުން ބުނާ ގޮތުން މީހުން ދިރިއުޅޭ އިމާރާތްތަކުގެ މަތިން އުޑުމަތީގައި ގަދަ މުށި ކުލައިގެ ދުމުގެ ވިލާތައް ފެންނަމުން ދެއެވެ. އެ ސިޓީގެ މޭޔަރު އެންޑްރީ ސަޑޯވީ ސޯޝަލް މީޑިއާގައި ލިޔުއްވާފައިވާ ގޮތުގައި އަދިކުއްލި ހާލަތްތަކުގައި އެހީދޭ ފަރާތްތައް ދަނީ މިހަރު ހަމަލަ ދީފައިވާ ސައިޓްތަކުގައި މީހންނަށް އެހީވުމުގައި ކަމަށް ސިޓީގެ މޭޔަރ ވިދާޅުވެއެވެ.
ލިވިވްގައި ރަޝިޔާއން ހަމަލަތައް ދީފައި މިވަނީ، ކިޔޭވްގެ ވަށައިގެންވާ ސަރަހައްދުތަކަށް ދޭ ހަމަލާތައް ވަރުގަދަކޮށްފައި ވަނިކޮށެވެ. ރަޝިޔާގެ މަނަވަރު މޮސްކޯވާ ފައްތާލުމުމަށްފަހު ރަޝިޔާއިން ވަނީ ޔުކްރެއިންއާ ދެކޮޅަށް ދޭ ހަމަލާތައް ވަރުގަދަ ކޮށްފައެވެ.
ޔޫކްރެއިންގެ ޕްރެޒިޑެންޝަލް އެއިޑަކު ވިދާޅުވިގޮތުގައި ޔޫރަޕްގެ ޒަމާންވީ ސިޓީއެއް ރަޝިޔާއިން ވަނީ ސުންނާފަތި ކޮށްލާފައެވެ.