މާލެއިން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދަނީ ކ. މާލެ / ގ. ޑްރީމްހައުސް، ޙަސަން ރުޝްދުﷲ (53އ)އެވެ.
ވީނުވީއެއް ނޭނގި ރުޝްދުﷲ ގެއްލިގެން އޭނާގެ އާއިލާގެ ފަރާތުން ރިޕޯޓްކޮށްފައިވަނީ މިދިޔަ މާރިޗު މަހުގެ 23 ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އޭނާ ގެއްލިގެން ރިޕޯޓްކުރުމާއި ގުޅިގެން ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، މިހާތަނަށް ކުރެވުނު މަސައްކަތުން ރުޝްދުﷲ ހޯދިފައި ނުވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ވީމާ ޙަސަން ރުޝްދުﷲ އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ލަސްނުކުރައްވައި އެމަޢުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ހުޅުމާލެ ޕޮލިސްގެ ނަންބަރު 9980062 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުމަށް ފުލުހުން އެދިފައިވެއެވެ.