ބޭނުންވާ ތަކެތި

200 ގުރާމު ބިސްކޯދު

80 ގުރާމު ބަޓަރ

250 ގުރާމު ކްރީމް ޗީޒް

150 ގުރާމު މިލްކް / ކްރީމް

2 މޭޒުމަތީސަމުސާ ކޮކޯ ޕައުޑަރ

400 ގުރާމު ޔޯގަޓް

300 ގުރާމު ފެން

30 ގުރާމު ޖެލެޓިން

¼ ޖޯޑު ޕައުޑަރ ޝުގަރ

ތައްޔާރުކުރާނެ ގޮތް

އެންމެފުރަތަމަ ބިސްކޯދު ރަނގަޅަށް މުގުރާށެވެ. އެއަށްފަހު ބަޓރ އަޅައިގެން ރަނގަޅަށް މޮޑެލާށެވެ. ދެން ކޭކު އަޅާ ޓްރޭއަކަށް އަޅާށެވެ. ޓްރޭއަށް އެޅުމަށްފަހު ރަނގަޅަށް އޮބާ އެއްވަރުކޮށްލަންވާނެއެވެ. ދެން އައިސް އަލަމާރިއަށްލާ 10ވަރަކަށް މިނެޓު ބަހައްޓާށެވެ. އެއަށްފަހު 15 ގުރާމު ޖެލެޓިން 100 ގުރާމު ފެން އަޅައިގެން ގިރާށެވެ. ދެން ކްރީމް ޗީޒާއި ޕައުޑަރ ޝުގަރ އެއްކޮށް ކޭކް މިކްސަރެއްގަ ގިރާލާށެވެ.އަދި މިލްކްވެސް އެއްކޮށްލުމަށްފަހު ކޮކޯ ބައުޑަރވެސް އަޅާށެވެ. އެއަށްފަހު ގިރި ހުރިހާއެއްޗެއް ޖެލެޓިން އަޅާ އެއްކޮށްލާށެވެ. އެއަށްފަހު ފްރިޖަށްލީ ޓްރޭނަގާ ގިރި މިކްސް އަޅާށެވެ. ޗީޒްމިކްސް އަޅާލުމަށްފަހު އަނެއްކާވެސް 30 މިނެޓް ފްރިޖްގައި ބަހައްޓާށެވެ. ދެން އަނެއްކާވެސް 15 ގުރާމު ޖެލެޓިން 100 ގުރާމު ފެން އަޅައިގެން ގިރާލާށެވެ. އެއަށްފަހު ޔޯގަޓާއި ޖެލެޓިން ރަނގަޅަށްގިރާ އެއްކޮށްލާށެވެ. ދެން ޕައުޑަރ ޝުގަރ އަޅައިގެން ގިރާލާށެވެ. އެއަށްފަހު 30 މިނެޓް ހަމަ ވުމުން ކޭކު ޓްރޭ ފްރިޖުންނަގާ ގިރި ޔޯގަޓް އަޅާށެވެ. ދެން ކޭކު ޓްރޭ ފްރިޖުގައި 8 ގަޑިއެއްހާއިރު ބެހެއްޓުމަށްފަހު ނަގާ މައްޗަށް ޗޮކްލެޓް ގާނާފައި އަޅާށެވެ. ޗޮކްލެޓް ގާނާ އެޅުމަށްފަހު ކުޑައިރުކޮޅަކު ފްރިޖުގައި ބަހައްޓާ ފައި ކޭކު ނަގާ ފޮތި ކުރާށެވެ. އޭރަށް ޔޯގަޓް ޗޮކްލެޓް ކޭކު ހުންނާނީ ތައްޔާރުވެފައެވެ.