ބޭނުންވާ ތަކެތި

2 ފޮތި ޕާން

2 ބިސް (ކައްކާފައި)

3 މޭޒުމަތީސަމުސާ މަޔޯނައިސް

މޭޒުމަތީސަމުސާ ފިޔާ (ކޮށާފައި)

¼ މޭޒުމަތީސަމުސާ މުގުރި އަސޭމިރުސް

2 މޭޒުމަތީސަމުސާ ސްޕްރިން އޯނިޔަން (ކޮށާފައި)

ތައްޔާރުކުރާނެ ގޮތް

2 ބިސް ދެފަޅިއަށް ފަޅާލުމަށްފަހު ކުދިކޮށް ކޮށައި ތައްޓަކަށް އަޅާށެވެ. ދެން ފިޔައާއި ސްޕްރިން، އޮނިޔަން، މުގުރި އަސޭމިރުސް، މަޔޯނައިސް އަދި ކުޑަ ލޮނޮކޮޅެއް އަޅައިގެން ސަމުސަލަކުން އެއްކޮށްލާށެވެ. އެއަށްފަހު 2 ޕާނފޮތީގައި ބަޓަރ އުނގުޅާށެވެ. ދެން އެއްކުރި ބިސް (މިކްސް) 1 ޕާން ފޮތި މަތީ ރީއްޗަށް އަތުރާލާށެވެ. އެއަށްފހު މަތީގައި އަނެއް ޕާންފޮތި ބާއްވާށެވެ. ދެން ތަވަޔަކަށް ބަޓަ އެޅުމަށްފަހު ހޫނު ކޮށްލާށެވެ. ބަޓަރ ދިޔާވުމުން ޕާން (ސޭންޑްވިޗް) ތަވާގައި ބާއްވާށެވެ. އެއަށްފަހު ދެފުށަށް ޖަހައިގެން ފިހެލާށެވެ. ފިހެލުމުން އެގް މަޔޯ ސޭންޑްވިޗް ހެދުނީއެވެ.