އިނގިރޭސި ލޭބަރ ޕާޓީ މެމްބަރުންނާއި ރަޝިޔާއާ ގާތްގުޅުމެއް އޮންނަ ކަމަސްބުނެ އެކަން ތަހުގީގު ކުރަން ޖެހޭނެކަމަށް އިނގިރޭސި ޕާލަމެންތް މެމްބަރުންތަކެއް ބުނެފިއެވެ. އެގޮތުން އެމްޕީއެއްގެ ދަރިފުޅަކަށް ޕްރޮފެޗަނަލް ފުޓްބޯލް ކުޅުމުގެ ހުނަރެއް ނެތް އިރުވެސް، ރަޝިޔާގެ ޓީމަކަށް ކުޅެން ފުރުސަތު ލިބުނީ ކީއްވެގެންތޯ ވަނީ ސުއާލު އުފައްދާފައެވެ.
ރަޝިޔާއާއި ޗައިނާއާ ގުޅުން އޮންނަ ކަމަށް ތުހުމަތު ކުރެވިފައިވާ މެމްބަރުންގެ ތަހްގީގު ނިމެންދެން ސަސްޕެންޑް ކުރުމަށްވެސް ގޮވާލާފައި ވެއެވެ.
ޗައިނާގެ ޕްރެޝަރު ގްރޫޕުތަކުން ފައިސާ ނަގައިގެން އުޅޭ ކަމަށްވެސް ބައެއް މެމްބަރުންނަށް ތުހުމަތު ކޮށްފައި ވެއެވެ.