އިނގިރޭސި ބޮޑު ވަޒީރު ގަވާއިދާ ޚިލާފްވެފައި ވޭތޯ ބެލުމަށް ހައުސް އޮފް ކޮމަންގައި ވޯޓެއް ނެގުމެއް ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ. ބުރާސްފަތި ދުވަހު ނަގާ ވޯޓަކީ ލަންޑަން ފުރަބަންދެއްގައި ވަނިކޮށް، އިނގިރޭސި ބޮޑު ވަޒީރާއި އޭނާގެ އައުވާނުން ނާޖަރަންގީ ކުޅުއްވުމުގެ ހަފްލާތައް ބާއްވަވާފައިވާތީ ތަހުގީގުކޮށްފައިވާ މައްސަލައާ ގުޅޭ ގޮތުންނެވެ.
މި މައްސަލާގައި ބައެއް ވަޒީރުން ވަނީ ޖުރިމާނާ ކޮށްފައެވެ.
ޕާލަމެންޓްގެ މެމްބަރުން ހުށަހެޅި މައްސަލައަކާ ގުޅިގެން ޕާލަމެންޓުން ބަލަން ބޭނުން ވަނީ މި މައްސަލާގައި ބޮރިސް ޖޯންސަން ގަވާއިދާ ޚިލާފު ވުމުގެ ބޮޑު ކުށެއް ހިންގަވާފައި ވޭތޯ ބަލާށެވެ.
އިނގިރޭސިވިލާތުގެ ސިޔާސީ ލީޑަރުން ރަޝިޔާ މަހުޖަނުންގެ އަތުން ޕާޓީއާ އިންތިޚާބަށް ފައިސާއާއި ޗަންދާ ނަންގަވާފައިވާ ކަމަށްވެސް ތުހުމަތު ކުރެވިފައި ވެއެވެ.
އިނގިރޭސި ބޮޑު ވަނީ މީގެ ކުރިންވެސް ރައްޓެއްގެ މާލީ އެހީގައި ގެކޮޅުގައި އަގުބޮޑު ވޯލްޕޭޕާ ޖައްސަވާފައިވާ ކަމަށްވެސް ތުހުމަތު ކުރެވިފައެވެ.