ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ބޮޑެތި ލޮޅުންތަކެއް އިހުސާސް ކުރަން ޖެހޭނެކަމަށް އައިއެމްއެފްއިން ބުނެފިއެވެ. މިއަދު އައިއެމްއެފްއިން ބުނެފައި ވަނީ 2022 ވަނަ އަހަރު ދުނިޔޭގެ އިގްތިސާދީ ކުރިއެރުމުގެ އަންދާޒާ 3.6 ޕަސަންޓަށް ދަށްކޮށްފައިވާ ކަމަށެވެ.

އައިއެމްއެފް އިން އެންމެ ފަހުން ޖަނަވަރީގައި ނެރުނު ވޯލްޑް އިކޮނޮމިކް އައުޓްލުކްގެ އަންދާސާއަށް ވުރެން 0.8 ޕަސެންޓް މިހާރު ދަށްކޮށްފައި މިވަނީ ގައުމުތަކުގެ ދަރަނިތައް ބޮޑުވެ، ތަކެތީގެ އަގުތައް އުފުލެމުންދާ ދަނޑިވަޅެއްގައެވެ.

ރަޝިޔާއިން ޔުކްރެއިންގައި ހަނގުރާމަ ފަށާފައި ވަނީ ކޯވިޑްގެ ވަބާއިން އިގްތިސާދުތައް އިނދެޖެހިފައި ވަނިކޮށް ދުނިޔެއިން ހިނދެމި ނުލެވިގެން އުޅެނިކޮށެވެ.