ބޭނުންވާ ތަކެތި
½ 1 ޖޯޑު ފުށް
1 ޖޯޑު ހަކުރު
3 ބިސް
1 ސައި ސަމުސާ ބޭކިން ޕައުޑަރ
½ ޖޯޑު ބަޓަރ
3 ފެޝަންފުރުޓް
ކްރީމް ތައްޔާރުކުރުމަށް
1 ދަޅު އެވަޕްރޯޓެޑް މިލްކް/ ނުލިބޭނަމަ ފުލްކްރީމް
1 ޖޯޑު ގެރިކިރު
2 ޖޯޑު ފުލްކްރީމް ،މިލްކް
½ 1 ޖޯޑު ވިޕްކްރީމް
½ ޖޯޑު އައިސިން ޝުގަރ
ފުރުޓް
ތައްޔާރުކުރާނެ ގޮތް
އެންމެ ފުރަތަމަ ބަޓަރ އާއި ހަކުރު ވަރަށް ރަނގަޅަށް އެއްކޮށް ގިރާލާށެވެ. ދެން ބިސް އެއްކޮށްލާށެވެ. އެއަށްފަހު ކުޑަ ލޮނުކޮޅަކާއި، ފުށް ބޭކިންޕައުޑަރ ފުރާނާފައި އަޅާ އެއްކޮށްލާށެވެ. އަތުން ގިރުން ރަނގަޅުވާނެއެވެ. އެއީ މާ ބޮޑަށް ގިރިދާނެތީއެވެ. ކޭކު ފުށްގަނޑު ރަނގަޅަށް ގިރުމުން ފެޝަންފުރުޓެއްގެ ދިޔަ އަޅައި އެއްކޮށްލާށެވެ. އެއަށްފަހު ކޭކް ފިހާނެ ޓްރޭއަކަށް އަޅައި އަވަނުން ފިހެލާށެވެ.
ކްރީމް ތައްޔާރުކުރާނެގޮތް
1 ޖޯޑު ގެރިކިރާއި އެވަޕްރޯޓެޑް މިލްކް އަދި ފުލްކްރީމް ރަނގަޅަށް ގިރާލުމަށްފަހު ކޭކު ހިހޫކޮށް، އިލޮށިކޮޅަކުން ލޯވަޅު ތޮރުފުމަށްފަހު ކޭކުމައްޗަށް އަޅާށެވެ. އެވްޕްރޯޓެޑް މިލްކް ނުލިބޭނަމަ ފުލްކްރީމް އިތުރުކޮށްލާށެވެ. ދެން ކޭކު އައިސް އަލަމާރިއަށްލާށެވެ.
ވިޕްޕްކްރީމް ތައްޔާރުކުރުން
ވިޕް ކްރީމް ރަނގަޅަށް ވިޕް ކުރުމަށްފަހު އައިސިން ޝުގަރ އަޅާ އެއްކުރާށެވެ. އެއަށްފަހު 2 ފެޝަންފުރުޓްގެ ދިޔަ އަޅައި އެއްކޮށްލާށެވެ. ދެން ފްރިޖުން ކޭކް ނަގައި ކޭކް މަތީގައި ވިޕް ކްރީމް ފަތުރާލާށެވެ. އަދި ކޭކު ފްރިޖަށްލާށެވެ. ދެން ގަޑިއެއްގެ އިރުވުމުން ނަގާ ބޭނުންވައްތަރެއްގެ މޭވާއަކުން ޑެކަރޭޓް ކުރާށެވެ. ފުރުޓްކޭކު ތައްޔާރު ކުރެވުނީއެވެ.
ނޯޓް: ފުރުޓް ކޭކު ތައްޔާރުކުރުމަށް ބޭނުން މޭވާއެއް ބޭނުންކުރެވިދާނެއެވެ.