ބޭނުންވާ ތަކެތި

ފުށްގަޑު ތައްޔާރުކުރުމަށް

2 މޭޒުމަތީސަމުސާ ޔީސްޓް

4 ޖޯޑު ފުއް

2 މޭޒުމަތީސަމުސާ ތެޔޮ

½ ޖޯޑު ތާފަނާފެން

1 ސައިސަމުސާ ހަކުރު

ރަހަލާވަރަށް ލޮނު

ބޭނުންވާތަކެތި

މަސްގަނޑު ތައްޔާރުކުރުމަށް

1 ޖޯޑު ބޯންލެސް ޗިކަން (ކުދިކޮށް ކޮށާފައި)

1 މޭޒުމަތީ ސަމުސާ ލޮނުމެދު (ޗަސްކޮށްފައި)

1 މޭޒުމަތީސަމުސާ މުގުރި މިރުސް (ޗިލީ ފްލެކްސް)

1 މޭޒުމަތީސަމުސާ މުގުރި އަސޭމިރުސް

1 މޭޒުމަތީސަމުސާ ސޯޔާ ސޯސް

1 މޭޒުމަތީސަމުސާ ވިނިގާ

1 މޭޒުމަތީސަމުސާ ބާބަކިޔު ސޯސް

1 މޭޒުމަތީސަމުސާ ޗިލީ ސޯސް

2 މޭޒުމަތީސަމުސާ ތެޔޮ

3 މޭޒުމަތީސަމުސާ ޕިއްޒާ ސޯސް

½ ޖޯޑު މޮޒެރެއްލާ ޗީޒް

1 ކެޕްސިކަމް (ކޮށާފައި)

1 ފިޔާ (ކޮށާފައި)

ޓޮމާޓޯ (ކޮށާފައި)

½ ޖޯޑު ފޮލްކްރީމް މިލްކް

ކުޑަ ކާކުލަކޮޅެއް

ތައްޔާރުކުރާނެގޮތް

އެންމެ ފުރަތަމަ ތާފަނާ ފެނަށް ޔީސްޓް އެޅުމަށްފަހު 10 މިނެޓް ބަހައްޓާށެވެ. ދެން ތެލާއި ލޮނު އަދި ހަކުރު ޔީސްޓް ފެން އަޅައިގެން ފުށްގނަޑު މޮޑެލާށެވެ. އެއަށްފަހު މަތިޖެހޭ ތައްޓެއްގައި 30 މިނެޓް ބާއްވާށެވެ. ދެން ކޮށާފައި ހުރި ކުކުޅުގެ ތެރެއަށް ލޮނުމެދާއި، މުގުރި މިރުސް، އަސޭމިރުސް، ލޮނު ވިނިގާ ސޯޔާ ސޯސް އަޅައިގެން މޮޑެލާށެވެ. އެއަށްފަހު މެރިނޭޓްކުރަން 30 މިނެޓް ބަހައްޓާށެވެ. މެރިނޭޓް ވުމުން ތަވަޔަކަށް 2 ސަމުސާ ތެޔޮ އެޅުމަށްފަހު ކުކުޅު އަޅައި ހަނާކޮށްލާށެވެ. ހަނާވުމުން ޗިލީ ސޯސް އާއި ބާބަކިޔު ސޯސް އަޅާށެވެ. އެއަށްފަހު ފިޔާ، ކެޕްސިކަމް އެޅުމަށްފަހު އުނދުންމަތިން ބާލާށެވެ.

ދެން ފުށްގަނޑު އަނެއްކާވެސް މޮޑެލުމަށްފަހު ގުޅަ ޖަހާށެވެ. އެއަށްފަހު ގުޅަތައް ކުޑަކޮށް ދިގުކޮށް ރޮށި ދަމާގޮތަށް ދަމާލުމަށްފަހު މައްޗަށް ޕިއްޒާ ސޯސް އަޅާށެވެ. އެއަށްފަހު ޗީޒް އަޅާށެވެ. ދެން މައްޗަށް ކުކުޅުމަސް އަޅާށެވެ. އެއަށްފަހު އަނެއްކާވެސް މައްޗަށް ޗީޒް އަޅާށެވެ. އެއަށްފަހު ދެފަރާތުން މަސްގަނޑު ބެދޭވަރަށް ފަތް ޖަހާލުމަށްފަހު ތަތްކޮށްލާށެވެ. ކޮޅުވެސް ބައްދާލާށެވެ. ދެން ރަނަގަޅަށް ހޮޓްޑޯގް ބަންއެއް ގޮތަށް އޮމާންކޮށްލުމަޑށްފަހު ޓްރޭގައި އަތުރާށެވެ. އެއަށްފަހު ކާކުލަ (އޮރެންޖު ކިރުގައި ގިރާފައި ބަން ރޯލް މަތީގައި އުނގުޅާށެވެ. ދެން ރޯލް މައްޗަށް ޗީޒް އަޅައި ޗީޒް މަތީގައި ޓޮމާޓޯ އާއި ކެޕްސިކަމް އޮލިވް އަތުރާށެވެ. އެއަށްފަހު މައްޗަށް އޮރިގަނަ ބުރުވާލާށެވެ. ދެން އަވަން 170 ޑިގްރީގައި ބަހައްޓައިގެން ހޫނުކުރުމަށްފަހު ފިހެލާށެވެ. 40 ވަރަކަށް މިނެޓް ފިހެވޭނެއެވެ. އޭރަށް ޕިއްޒާ ރޯލް ތައްޔާރުކުރެވެނީއެވެ.