ދުނިޔޭގައިހުރި އެންމެ އަގުބޮޑު އެއްމޮޑެލް އަދި ރިއަލިޓީ ޝޯ "ކީޕިންގް އަޕް ވިތު ކާޑޭޝިއަން" އިން ފެނިގެންދާ ކެންޑަލް ޖެނާ ލިޕްފިލާ އިންޖެކްޝަން ޖަހާފައި ވާކަމަށް އަނެއްކާވެސް އަޑުފެތުރެން ފަށައިފިއެވެ.

ކެންޑަލް ލިޕްސާޖަރީ ހަދާފައި ވޭތޯ އެތައްބަޔަކު އަނެއްކާވެސް ސުވާލު ކުރަން ފެށީ އޭނާ އެންމެ ފަހުން އިންސްޓަގްރަމްގައި ހިއްސާކުރި ފޮޓޯތަކުން ތުންފަތް ބޮޑުކޮށް ފެންނާތީއެވެ. ކާޑޭޝިއަން އާއިލާގެ އެންމެންނަކީ ރީތި ވުމަށްޓަކައި އެކިއެކި ސާޖަރީތައް ކޮށްފައިވާ މީހުންނެވެ. އެހެން ނަމަވެސް ކެންޑަލް ފެންނަނީ ތަފާތު މީހެއްގެ ގޮތުގައެވެ.

މުއްސަންދިކަމާއި މަޝްހޫރުކަން ލިބިފައިވީ ނަމަވެސް އޭނާއަށް ގުދުރަތީ ގޮތުން ލިބިފައިވާ ރީތިކަމަށް އިތުރު ކުރާމޭކަޕެއް ފިޔަވާ ބަދަލެއް ގެންނާތަން ނުފެނެއެވެ.

ކެންޑަލް ދޭތެރެ ދޭތެރެއިން ފޮޓޯތަކުން ފެންނައިރު އޭނާގެ ކޮއްކޮ ކައިލީގޮތަށް ތުންފަތް ސާޖަރީ ކޮށްފައި ހުންނަތޯ ފޭނުން ސުވާލުކުރެއެވެ. ކެންޑަލް މިއިން އެއްވެސް ސުވާލަކަށް ޖަވާބު ދީފައި ނުވި ނަމަވެސް ކަޑޭޝިއަން ޝޯވް އެއްގައި ކައިލީ ބުނެފައިވަނީ ކެނޑަލް ދުވަހަކުވެސް ތުންފަތް ސާޖަރީ ހަދާފައި ނުވާ ކަމަށާއި އޭނާ ތުންފަތް ބައެއް ފޮޓޯތަކުން ބޮޑުކޮށް ފެންނަނީ ތުންފަތުގެ ބޭރަށް ވާގޮތަށށް ލިޕް ލައިނަރ އަޅާފައި ލިޕްގޮލޮސް އުނގުޅާފައި ހުންނަ ގޮތުން ކަމަށެވެ.

މިފަހަރު އޭނާ ހިއްސާކުރި ފޮޓޯ އަށް ބަލާފައި ގިނަބަޔަކު އޭނާ ލިޕް ފިލާ ބޭނުން ކޮށްފައިވާ ކަމަށް ތުހުމަތު ކުރި ނަމަވެސް ރަނގަޅަށް ބަލާލުމުން ފެންނަނީ މިފަހަރުވެސް ލިޕްސްޓިކް ބޭނުންކޮށްގެން ކޮށްފައިވާ މޭކަޕެކެވެ.

އުމުރުން އެންމެ 26 އަހަރުގެ ކެންޑަލް ގެ ނަމުގައި އޭނާގެ، ބިލިއަނަރ ކޮއްކޮ ކައިލީ ވަނީ ވަރަށްފަހުން މޭކަޕް ބްރޭންޑެއް ބާޒާރަށް ނެރެފައެވެ.