ބޭނުންވާ ތަކެތި

1 ޕަކެޓް މާރީ ބިސްކޯދު

500 ގުރާމު ވިޕިން ކްރީމް

2 މޭޒުމަތީސަމުސާ އައިސިން ޝުގަރ

1 މޭޒުމަތީސަމުސާ ބަޓަރ

1 މޭޒުމަތީސަމުސާ ވެނީލާ އެސެންސް

2 މޭޒުމަތީސަމުސާ ކޮފީ

¾ ޖޯޑު ހޫނުފެން

1 މޭޒުމަތީސަމުސާ ހަކުރު

½ ޖޯޑު ކަޖޫނަޓް (ކުދިކޮށް ކޮށާފައި)

1 މޭޒުމަތީސަމުސާ ކޮކޯ ޕައުޑަރ

ތައްޔާރުކުރާނެ ގޮތް

އެންމެ ފުރަތަމަ ބޯތައްޓެއްގައި ހޫނުފެނާއި ހަކުރު އަދި ކޮފީ ގިރާލާށެވެ. ދެން ބަޓަރާއި އައިސިން ޝުގަރ ގިރަލާށެވެ. އެއަށްފަހު ވިޕްކްރީމާއި ވެނީލާއެސެންސްވެސް އެއްކޮށް ވަރަށް ރަނގަޅަށް ގިރާލާށެވެ. ދެން ކުޑަ ކޮފީ ފޮދެއް ގިރުމަށްފަހު ބިސްކޯދުތައް ކޮފީއަށް އަޅާފައި ނަގާ ޓްރޭގައި އަތުރާށެވެ. އެއަށްފަހު ގިރި ކްރީމް ލެއާއެއް އަޅާށެވެ. ދެން އޭގެމައްޗަށް ކަޖޫނަޓް އަޅާށެވެ. މިގޮތަށް 3 ނުވަތަ އެއަށްވުރެ ގިނަ ލެޔާވެސް ހެދިދާނެއެވެ. ދެން އެންމެ ފަހު ކްރީމް ލެޔާ އެޅުމަށްފަހު ފްރިޖަށްލާ ފިނިކޮށްލާށެވެ. ފްރިޖުގައި 2 ގަޑިއެއްހާއިރު ބެހެއްޓުމަށްފަހު ނަގައި ކޮކޯޕައުޑަރ އާއި ކަޖޫނަޓް މައްޗަށް އަޅައި ޑެކެރޭޓް ކޮށްލާށެވެ. ބިސްކޯދު ޕުޑިން ކޭކު ތައްޔާރުކުރެވުނީއެވެ.