މ. ދިއްގަރުގައި ސަރުކާރުން ފަށަން ނިންމާފައި މަސައްލަތަކަށް އެމްޓީސީސީގެ ކޮންނަބޯޓު މަހާޖައްރާފު އެރަށަށް ގެންގޮސްފިއެވެ. ސަރުކާރުން ވަނީ އެރަށުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢެއް ފަށަން ނިންމާފައެވެ. އެގޮތުން މަހާ ޖައްރާފު މިގެންދިޔައީ އެރަށު ބިން ހިއްކުމުގެ މަސައްކަތް ފެށުމަށްޓަކައެވެ.

އެމްޓީސީން ވިދާޅުވީ މި މަޝްރޫޢުގެ ދަށުން، 25 ހެކްޓަރުގެ ބިން ހިއްކަން ހަމަޖެހިފައިވާ ކަމަށެވެ. އަދި 384 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 287 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ބޭރުތޮއްޓެއް ލުމަށް ވެސް ހަޖަމެހިފައިވާ ކަމަށެވެ.

މި މަޝްރޫޢަކީ 121.8 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.