އިމްރާން ޚާންގެ ސަރުޚާރު ވެއްޓުނީ ސިފައިންނާއި އިމްރާން ޚާނާ ދެމެދު ދެބަސްވުން އުފެދިގެން ކަމަށް ކުރީގެ ސަރުކާރުގެ އިންފޮމޭޝަން މިނިސްޓަރ ވިދާޅުވެއެވެ. ފަވާދު ޗައުދްރީ ވިދާޅުވިގޮތުގައި ޕާކިސްތާންގައިވެސް ހާލަތު އޮތީ ލަންކާގައި ހާލަތު އޮތް ގޮތަށް ކަމަށެވެ. އަދި ގައުމު އަހުލީ ހަނގުރމައެއްގެ ތުންފަތް މަތީގައި އޮތްކަމަށް އޭނާ ވިދާޅުވިއެވެ.
ޕާކސްތާންގެ ޕްރައިވެޓް ޓީވީ ޗެނަލަކަށް ދެއްވި ބަސްދީގަތުމުގައި ޗައުދްރީ ވިދާޅުވީ ސިފައިންނާ ސަރުކާރާ ދެމެދު ގުޅުން ގޯސް ނުވިނަމަ އިމްރާން ޚާން އަދިވެސް ވެރިކަމުގައި ހުންނެވީސް ކަމަށެވެ.
އިމްރާން ޚާނާ ސިފައިންނާ ދެމެދު ގުޅުން ގޯސްވީ ލެފްޓިނެންޓް ޖެނެރަލް ފާއިޒް ހަމީދު ސިފައިންގެ ވެރިޔާގެ މަގާމަށް އައްޔަން ކުރެއްވުމަށް މަސައްކަތް ކުރައްވައި އިމްރާން ޚާން ސިފައިންގެ މަސައްކަތާ ބެހި ވަޑައިގަތުމުންނެވެ.