ކީރިތި ޤުރުއާނަށް އިހާނެތިކޮށް ޚާތިމުތައް އަންދާލި މައްސަލައާ ގުޅިގެން އުފެދިފައިވާ ހަމަނުޖެހުންތަކުގެ ޒިންމާ ސުއިޑްން ސަރުކާރުން ވަނީ ބޭރުގެ ފަރާތްތަކުގެ ބޮލުގައި އަޅުވާފައެވެ. ސުއިޑްންއިން ބުނީ މިއީ ބޭރު ގައުމުތަކުން ކުރުވާ ކަމެއް ކަމަށެވެ.
ސުއިޑްންގައި ކީރިތި ޤުރުއާންތައް އަންދާލާފައި ވަނީ ހައްދުފަހަނައަޅާފައި ހަރުކަށި ހުދު ނަސްލުގެ ކުރިސްޓިއަނެކެވެ. މިމީއަކީ ޑެންކާމާއި ސުއިޑްންއަށް ނިސްބަތްވާ މީހެކެވެ.
ހަރުކަށި، ހައްދު ފަހަނައަޅާފައިވާ ކަނާތު ފިޔައިގެ ސްޓްރާމް ކޯރސް ޕާޓީގެ ލީޑަރު ޑެންމާކާއި ސްވިޑަންގެ ރައްވެހިކަން އޮންނަ ރަސްމުސް ޕަލޯޑަން، ކީރިތި ޤުރުއާން އަންދާލުމުން މުޒާހަރާތައް ކޮށް ފުލުހުންނާއި އާންމުންގެ ބަޔަކަށް އަނިޔާވެފައި ވެއެވެ. އަދި މުދާތަކުގައި ހުޅުޖަހައި ހަދާފައި ވެއެވެ.
މި މައްސަލާގައި ޕަލޯޑަން ކުށްވެރި ކުރުމުގެ ބަދަލުގައި ސަރުކާރުން ވަނީ އިރާގާއި އީރާނުގައި ތިބެގެން ބަޔަކު މިކަން ކުރުވަނީ ކަމަށް ބުނެ އެދެ ގައުމުގެ ނަން ފާހަގަ ކޮށްފައެވެ.
މިމައްސަލާގައި ޗައިނާއިން ވަނީ ސުއިޑަންއަށް ފާޑު ކިޔާފައެވެ. އއަދި މުސްލިމުންގެ ހައްގަށް އިހުތިރާމު ކުރުމަށް ގޮވާލާފައި ވެއެވެ. ސުއިޑްންއިން ވަނީ ޗައިނާއަށް ބަވާފައެވެ.
ސްވިޑަންގެ ދައުލަތުގެ ޓީވީން ޕަލޯޑަންއާއި އޭނާގެ ޕާޓީއަށް ފާޑު ކިޔައި ރިޕޯޓް ތައްޔާރު ކުރި ނޫސްވެރިޔާވެސް ވަނީ ވަގުތީ ގޮތުން ސަސްޕެންޑް ކޮށްފައެވެ.
ހައްދު ފަހަނައޅާފައިވާ ހަރުކަށި ހުދު ނަސްލުގެ މީހުންގެ ޕާޓީން ވަނީ މިދިޔަ ހޮނިހިރު ދުވަހު ސްވިޑްންގެ މަލްމޯ ސިޓީގައި މުސްޙަފެއްގައި ރޯކޮށް އަންދާލާފައެވެ. އަދި ޕަލޯޑަން ވަނީ އޭނާގެ ވަށައިގެން ފުލުހުން އޭނާއަށް ހިމާޔަތް ދީފައިވާ ހާލު، ދެކުނުގެ ސިޓީއެއް ކަމަށްވާ ލިންސޮޕިންގގައި ރަސްމިއްޔާތެއް ބާއްވައި ޚަތިމެއް އަންދާލާފައެވެ.
ސުއިޑްންގެ ލޯކަލް ނޫހެއް ކަމަށްވާ އާފްޓަންބްލެޑާޓް އިން ބުނިގޮތުގައި މި ހަމަނުޖެހުންތަކުގައި 26 ފުލުހަކާއި މުޒާހަރާ ކުރި 14 މީހަކު ޒަހަމްވެފައި ވެއެވެ. އަދި ފުލުހުންގެ 20 އުޅަނދެއްގައި ހުޅުޖަހާފައި ވެއެވެ.