ބޭނުންވާ ތަކެތި

250 ގުރާމު ގެރިމަސް

1 ފިޔާ

4 ތޮޅިމިރުސް

1 ސައިސަމުސާ ލޮނު

1 މޭޒުމަތީސަމުސާ މުގުރި މިރުސް

1 މޭޒުމަތީސަމުސާ ގަރަމް މަސާލަ

2 ފޮތި ޕާން

½ 1 މޭޒުމަތީސަމުސާ މުގުރި އަސޭމިރުސް

½ ސައިސަމުސާ ލޮނު

½ މޭޒުމަތީސަމުސާ މަސްޓަޑް ކްރީމް

2 މޭޒުމަތީސަމުސާ ސޯޔާ ސޯސް

1 މޭޒުމަތީސަމުސާ ހޮޓް ސޯސް

1 ބިސް

3 މޭޒުމަތީސަމުސާ ގޮދަން ފުށް

5 މިނީ ބަންސް

ލެޓިޔުސް ފަތް

2 ޓޮމާޓޯ

ތައްޔާރުކުރާނެގޮތް

ގެރިމަހާއި، ފިޔާ، ތޮޅިމިރުސް، ލޮނު، މުގުރި މިރުސް، އަސޭމިރުސް ގަރމް މަސާލަ އަދި ޕާންފޮތި ކުދި ކޮށްފައި ހުރިހާއެއްޗެއް އެއްކޮށް މިކުސަރުގަ ޖައްސާ ހިމުންކޮށްލާށެވެ. އެއަށްފަހު މަސްގަނޑުން ގުޅަ ޖަހައި ކަޓްލަސް ގޮތަށް ވަށްކޮށް ނުވަތަ ދިގު ބައްޓަމަށް ހަދާށެވެ. ދެން ބިސްގިރާފައި ހެދި ކަޓްލަޓްސް ބިހަށްލާ ފޯކުރުމަށްފަހު ނަގާ ފާރޮށިކުނޑި އުނގުޅުމަށްފަހު ތެއްލާށެވެ. ތެއްލާނީ އުނދުނުގެ ގިނި މަޑުކޮށްގެނެވެ.