ބޭނުންވާ ތަކެތި

ފުށްގަޑު ތައްޔާރުކުރުމަށް

1 މޭޒުމަތީސަމުސާ ޔީސްޓް

3 ޖޯޑު ފުށް

1 ސައިސަމުސާ ލޮނު

1 މޭޒުމަތީސަމުސާ ހަކުރު

1 މޭޒުމަތީސަމުސާ ކުކިން އޮއިލް

1 ބިސް

1 ޖޯޑު ފުލްކްރީމް މިލްކް

¼ ޖޯޑު ފެން

1 މޭޒުމަތީސަމުސާ ތެޔޮ

މަސްގަނޑު ތައްޔާރުކުރުކުރުމަށް

150 ގުރާމު ބޯންލެސް ޗިކަން

¼ ޖޯޑު ޔޯގަޓް

1 މޭޒުމަތީސަމުސާ އިނގުރު ލޮނުމެދު ޗަސްކޮށްފައި (ޕޭސްޓް)

ރަހަލާވަރަށް ލޮނު

1 މޭޒުމަތީސަމުސާ މުގުރި މިރުސް

¼ މޭޒުމަތީސަމުސާ ރީނދޫ

½ މޭޒުމަތީސަމުސާ މުގުރި ދިރި

½ މޭޒުމަތީސަމުސާ ކޮތަނބިރި

1 މޭޒުމަތީސަމުސާ ޗިލީ ފްލެކްސް (މިރުސް ބޮޑެތިކޮށް މުގުރާފައި)

1 މޭޒުމަތީސަމުސާ ލުނބޯ ހުތް

2 މޭޒުމަތީ ސަމުސާ ޒުވާރީ ( ކައްކާމަޑުކޮށްފަ ނުވަތަ ދަޅުގަ ހުންނަ ޒުވާރި)

1 މޭޒުމަތީސަމުސާ ކެޕްސިކަމް ( ކޮށާފައި)

ޗީޒް

ރަތް މިރުސް

ޕިއްޒާ ސޯސް

އޮލިވް

އޮރިގަނޯ

ތައްޔާރުކުރާނެގޮތް

ފުށާއި، ތެލާއި ލޮނު އަދި ހަކުރު، ޔީސްޓް، ބިސް، މިލްކް، ފެން އަޅައިގެން ފުށް މޮޑޭށެވެ. ފުށް މޮޑެވުމުން 1 ސަމުސާ ތެޔޮ އަޅައިގެން އެއްކޮށްލާށެވެ. އެއަށްފަހު މެރިނޭޓް ކުރުމަށް 30 މިނެޓު ބާއްވާށެވެ.

ދެން މަސްގަނޑު ތައްޔާރުކުރާށެވެ. ކުކުޅު މަސްގަނޑުގެތެރެއަށް ލޮނުމެދުއިނގުރު ޕޭސްޓް، ޔޯގަޓް ލޮނު އަދި ހަވާދުގެ ބާވަތްތައް އަޅައިގެން މޮޑެލުމަށްފަހު ގަޑިއެއްގެ އިރު މެރިނޭޓްކުރަން ބަހައްޓާށެވެ. ދެން ތަވަޔަކަށް ތެޔޮ އަޅައި އުނދުންމައަޗަށް އުދާ ހޫނުކޮށްލާށެވެ. އެއަށްފަހު ކުކުޅު މަސްގަނޑު އަޅައި، ރޯފިލަންދެން ހަނާކޮށްލާށެވެ. ދެން ފުށްގަނޑުން ބޮޑު 2 ގުޅަ ހެދުމަށްފަހު އެއްގުޅަ ދަމަލާށެވެ. އެއަށްފަހު ޕިއްޒާ ފިހޭ ޓްރޭގައި ބާއްވާ ވަށައި ކައިރި ކުޑަކޮށް އުސްކޮށްލާށެވެ. ދެން ފުށްގަޑުމަތީގައި ޗީޒް އެތުރުމަށްފަހު އަނެއްފުށްގަޑު ދަމާލާފައި ޗީޒްތައް މަތީ ބާއްވާށެވެ. އެއަށްފަހު އުލުން ތޮރުފުމަށްފަހު މަތީގައި އޮތް ފުށްގަނޑު (ދމަފައި އޮތް ރޮށި) ގައި ޕިއްޒާ ސޯސް އުނގުޅާށެވެ. އެއަށްފަހު ތައްޔާރި މަސްގަނޑު އަޅާށެވެ. މަސްގަނޑު މައްޗަށް އަނެއްކާވެސް ޗީޒް އަޅާށެވެ. ޗީޒް މައްޗަށް ޒުވާރި، ކެޕްސިކަމް، ޒައިތޫނި އަޅާސެވެ. އެއަށްފަހު އަނެއްކާވެސް މައްޗަށް ޗީޒް އަޅައި ޗީޒް މައްޗަށް ޗިލީ ފްލެކްސް އާއި އޮރިގާނޯ އަޅާށެވެ. ދެން އަވަން ހޫނުކުރުމަށްފަހު ޕިއްޒާ ފިހެލާށެވެ.