ޕާކިސްތާންގެ ސިޔާސީ މަސްރަޙްގައި ފިޔަޖަހަމުން އައި އައު ތަރި، ތަޙްރީކޭ ލައްބައިކަ ޔާރަސޫލުﷲ ޕާޓީގެ ލީޑަރު މައުލާނާ ޚާދިމް ޙުސެއިން ރިޒްވީ ރޭ ލާހޯރުގައި ނިޔާވެއްޖެއެވެ. ނިޔާވި އިރު އޭނާގެ އުމުރަކީ 54 އަހަރެވެ.

ތަޙްރީކޭ ލައްބައިކަ ޔާރަސޫލުﷲ ޕާޓީގެ ތަރުޖަމާން ވިދާޅުވިގޮތުގައި މައުލާނާ އިއްޔެ އިން ފެށިގެން އުޅުއްވީ އާލާސްކަންފުޅާއެވެ. ހުން ކޮޅަކަށް ފަހު ހިތުގެ އާލާސްކަން ފުޅެއް މެދުވެރިވި ކަމަށްވެސް ޕާޓީ ތަރުޖަމާން ވިދާޅުވިއެވެ.

އިތުރަށް ވިދާޅުވުމަށް:

ޕާކިސްތާންގެ އިސްލާމީ ސިޔާސީ ހަރަކާތުގެ އައު ތަރި

ރިޒްވީގެ ދަރިފުޅު، ސަޢުދު ރިޒްވީ ވިދާޅުވިގޮތުގައި އެއް ހަސްފަތާލަށްފަހު އިތުރު ފަރުވާއަށް، ޝެއިޚް ޒާއިދު ހަސްފަތާލަށް ގެންދިޔަ އިރު، އެތަނުން މައުލާނާ ގެނައި އިރުވެސް އަވަހާރަވެފައިވާ ކަމަށް ނިންމިއެވެ.

ފަޔަރ ބްރޭންޑް ސްޓައިލްގެ މައުލާނާ ރިޒްވީގެ ދެ ފިރިހެން ބޭފުޅުންނާއި ތިން އަންހެން ބޭކަނބަލުން ތިއްބަވައެވެ.

ތަޙްރީކޭ ލައްބައިކަ ޔާރަސޫލުﷲ ޕާޓީން ގެންދަނީ، ފްރާންސްގެ ކާޓޫންތަކާއި މެކްރޮންއާ ދެކޮޅަށް ކެނޑި ނޭޅި މުޒާހަރާ ކުރަމުންނެވެ.

ބޮޑު ވަޒީރު އިމްރާން ޚާންއާއި އިސްލާމިކް މިނިސްޓަރ ވެސް ވަނީ މައުލާނާ އަވަހާރަވުމުން ތަޢްޒިޔާ ވިދާޅުވެފައެވެ.