ބޭނުންވާ ތަކެތި

1 ޕާން

400 ގުރާމު ބޯންލެސް ޗިކަން (ހިމުންކޮށްފައި/ކުދިކޮށް ކޮށާފައި)

1 މޭޒުމަތީ ސަމުސާ ލޮނުމެދު (ޗަސްކޮށްފައި)

1 މޭޒުމަތީސަމުސާ މުގުރި އަސޭމިރުސް

1 މޭޒުމަތީސަމުސާ މުގުރި މިރުސް (ޗިލީ ފްލެކްސް)

2 ސަމުސާ ތެޔޮ

1 ފިޔާ (ކޮށާފއި)

2 ބިސް

1 ޖޯޑު ފާރޮށި ކުނޑި

ރަހަލާވަރަށް ލޮނު

ތެއްލަން ތެޔޮ

ތައްޔާރުކުރާނެގޮތް

ތަވަޔަކަށް ތެޔޮ އެޅުމަށްފަހު އުނދުންމައަޗަށް އުދާ ހޫނުކޮށްލާށެވެ. ދެން ކުކުޅު އަޅާށެވެ. އަދި ލޮނުމެދާ މުގުރި މިރުހާއި، އަސޭމިރުހާއި، ފިޔާ އަޅައި ލޮނުލައިގެން އެއްކޮށްލާށެވެ. އެއަށްފަހު ކުކުޅުމަސްތައް ރޯފިލަންދެން ހަނާކޮށްލާށެވެ.

ކުޑަ ފުށް ކޮޅެއް ބޯތައްޓަކަށް ނުވަތަ ޖޯޑަކަށް އަޅައި ފެންއަޅައިގެން ގިރާލައި ތެރަސް ތައްޔާރުކޮށްލާށެވެ. އެއަށްފަހު ޕާން ފޮތިތަކުގެ ކައިރިފަށް ވަށައިގެން ކަފާލާށެވެ. ދެން ރޮށިދަމާ މަޅުގަނޑުގައި ޕާންފޮތި ބޭއްވުމަށްފަހު ދަނޑިގަނޑުން އޮއްބަމުން ދަމާލާށެވެ. އެއަށްފަހު މެދުން ކަފާލާށެވެ. ކަފާލާނީ ތިނެސްކަނަށެވެ. އެއަށްފަހު ބަޖިޔާ ބައްޓަމަށް ގޮށި ހަދައި ތައްޔާރުކުރި ތެރަހުން ތަތްކޮށްލާށެވެ. ދެން އެ ގޮށްޓަށް ތައްޔާރުކުރި މަސް އަޅައި ބަޖިޔާ ބައްޓަމަށް ތަތްކޮށްލާށެވެ. ބަޖިޔާއަށް މަސްއަޅައި ބެއްދުމަށްފަހު ބިސް ގިރައި ބިހަށްލާ ފޯކޮށްލުމަށްފަހު ނަގާ ފާރޮށިކުޑި އުނގުޅާށެވެ. ދެން ތާހެއްގައި ތެޔޮ ހޫނުކުރުމަށްފަހު ރަނގަޅަށް ތެއްލާލާށެވެ. ތެއްލާ ނިމުމުން ޕާން ބަޖިޔާ ތައްޔާރުކުރެވުނީއެވެ.