ބޭނުންވާ ތަކެތި

2 ޖޯޑު ކްރެކާ ބިސްކޯދު (މުގުރާފައި)

2 މޭޒުމަތީސަމުސާ ހަކުރު

6 މޭޒުމަތީސަމުސާ ބަޓަރ (ދިޔާކޮށްފަ)

24 އޯ ޒެޑް ކްރީމް ޗީޒް/ ބޭނުން ޗީޒެއް

4 ބިސް

1 ޖޯޑު ބްރައުން ޝުގަރ/ ނުލިބޭނަމަ، އާދައިގެ ހަކުރު

3 މޭޒުމަތީސަމުސާ ފުށް

1 ޖޯޑު ސޯ ކްރީމް/ ނޫނީ ނެސްޓަލް ކްރީމް

¼ ޖޯޑު ހެވީ ކްރީމް/ ވިޕްކްރީމް

1 ސައިސަމުސާ ވެނީލާ އެސެންސް

ތައްޔާރުކުރާނެ ގޮތް

ބިސްކޯދާއި ހަކުރާ، ބަޓަރ އެއްކޮށް މޮޑެލާށެވެ. ދެން ކޭކު އަޅާ ޓްރޭއަކަށް އަޅުމަށްފަހު ރަނގަޅަށް އޮބާ އެއްވަރުކޮށްލާށެވެ. ދެން އަވަނަށް ލައި 12 ވަރަކަށް މިނެޓް ބަހައްޓާ ހަރުކޮށްލާށެވެ. އެއަށްފަހު ހަކުރު ½ ޖޯޑު ތެއްޔަކަށް އަޅައި ކުޑަ ފެނފޮދެއް އަޅައިގެން ކެރެމަލް ހަދާށެވެ. ދެން ޗީޒް ގިރާށެވެ އެއަށްފަހު ބިހާއި، ފުށް، ސޯ ކްރީމް، ވެނީލާ އެސެންސް، ބްރައުން ޝުގަރ އަޅައިގެން ރަނގަޅަށް ގިރާލާށެވެ. އެއަށްފަހު ބިސްކޯދު އެޅި ޓްރޭގެ މައްޗަށް ކެރެމަލް އަޅައި އޭގެ މައްޗަށް ގިރި ޗީޒް މިކްސް އަޅާށެވެ. ދެން 1އަވަން 170 ޑިގްރީގައި ބަހައްޓައިގެން ކޭކު ފިހެލާށެވެ. އެއަށްފަހު އަވަނުން ނަގައި މައްޗަށް ކެރެމަލް އަޅާށެވެ. ޑެކެރޭޓް ކުރަން ބޭނުންނަމަ ނަޓްސް އެޅިދާނެއެވެ. އަދި އެހެންވެސް އެއްޗަކުން ޑެކެރޭޓް ކުރެވިދާނެއެވެ. ކެރެމަލް ޗީޒް ތައްޔާރުކުރެވުނީއެވެ.